ދެ އަހަރުގެ ތެރޭގައި 53 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް: ކަސްޓަމްސް
ދެ އަހަރުގެ ތެރޭގައި 53 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް: ކަސްޓަމްސް

ރާއްޖެ އެތެރެކުރަން އުޅުނު 53 ކިލޯގެ މަސްތުވާތަކެތި މި ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ ނޮވެމްބަރު 17، 2018 އިން [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވި ދުވަސް] ފެށިގެން މި މަހުގެ 8 އާ ހަމައަށް 84 ކޭހަކާ ގުޅޭ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެންމެ ގިނަ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ އަހަރެވެ. ކަސްޓަމްސް އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެ އަހަރު 55 ކޭހަކާ ގުޅޭ 37 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ އެވެ

މި އަހަރުގެ މިހާތަނަށް އަތުލައިގަނެފައި ވަނީ 20 ކޭހެއްގެ ހަ ކިލޯގެ މަސްތުވާތަކެއްޗެވެ.

ނޮވެމްބަރު 17، 2013 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް 25 ކިލޯގެ މަސްތުވާތަކެތި ހޯދާފައި ވެ އެވެ. އެއީ 18 ކޭހަކާ ގުޅޭ ތަކެއްޗެވެ.

ޕޯސްޓް މެދުވެރިކޮށާއި އެތެރެހަށި އަދި ފޮށީގައި ފޮރުވައިގެން ވެސް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރެ އެވެ. މިދިޔަ މަހުގެ ތެރޭގައި، ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައި ވެ އެވެ.