ބީއެމްއެލުން ކޮމިއުނިޓީ ފަންޑާ ގުޅޭ ވެބިނާއެއް ބާއްވަނީ
ބީއެމްއެލުން ކޮމިއުނިޓީ ފަންޑާ ގުޅޭ ވެބިނާއެއް ބާއްވަނީ

އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލުން ހުޅުވާފައިވާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑާ" ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވެބިނާއެއް ބާއްވަން ނިންމައިފި އެވެ.

މި ވެބިނާ އޮންނާނީ މިރޭ 8:00 ގައި ޔޫޓިއުބް ލައިވް މެދުވެރިކޮށެވެ. މި ވެބިނާގައި، ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ހުންނަންޖެހޭ ބައިތަކާއި ޕްރޮޖެކްޓުގައި ހުންނަންޖެހޭ ކަންތައްތަކާއި ޕްރޮޖެކްޓުތައް ކަނޑައެޅުމުގައި ބޭންކުން ބަލާ ކަންތައްތަކާ ގުޅޭ މައުލޫމާތު ދޭނެ އެވެ.

މި ވެބިނާ ހުށަހަޅައިދޭނީ ބޭންކުގެ ސީއެސްއާރު މެނޭޖަރު އިބްރާހިމް ނަވާފު އެވެ. އަދި ޕެނަލިސްޓުންގެ ގޮތުގައި ބޭންކުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދާއި ސީނިއާ މެނޭޖާ ރީޓެއިލް ބޭންކިން، ބަދުރުއްދީން ހަސަން ބައިވެރިވާނެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފުކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގާފައިވެ އެވެ.

މި ފަންޑުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޕްރޮޕޯސަލްތައް ހުށަހެޅުމުގެ މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ޕްރޮޕޯސަލްތައް އަންނަ ހޮނިހިރު ދުވަހުގެ ކުރިން[email protected]އަށް މެއިލް ކުރަން ޖެހޭނެ އެވެ.