16 ނޮވެމްބަރ 2020 - 23:51

ކޮވިޑްގައި ރާއްޖޭން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އައިޖީއެމްއެޗް އީއާރަށް މިއަދު ގެންދިޔަ 72 އަހަރުގެ ފިރިހެނަކު ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. ޕްރޮޓޮކޯލާ އެއްގޮތަށް ކޮވިޑަށް ޓެސްޓް ކުރުމުން އެ މީހާ ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ ކޮވިޑްގައި ރާއްޖޭން މަރުވި 45 ވަނަ މީހާ އެވެ.
ހުޅުމާލެ ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ 52 އަހަރުގެ މީހަކު ވެސް ރޭ ވަނީ މަރުވެފަ އެވެ.
ފަހަކަށް އައިސް ރާއްޖޭން ޕޮޒިޓިވްވާ މީހުންނާއި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށައިފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ ރާއްޖޭން 110 މީހުން ޕޮޒިޓިވްވެފަ އެވެ. މިއީ ގިނަ ދުވަސްތަކަށް ފަހު 100 އިން މައްޗަށް އަދަދު އެރި ފުރަތަމަ ފަހަރަވެ.