އިހަވަންދިއްޕޮޅަށް ބޮޑު އުފަލެއް؛ އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
އިހަވަންދިއްޕޮޅަށް ބޮޑު އުފަލެއް؛ އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ހއ. ހޯރަފުށީގައި ހެދި، އެ އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

އިހަވަންދިއްޕޮޅަށް ބޮޑު އުފަލެއް؛ އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
އިހަވަންދިއްޕޮޅަށް ބޮޑު އުފަލެއް؛ އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ހއ. އަތޮޅަށް އަދި ހާއްސަކޮށް އެންމެ އުތުރުގައި އޮންނަ އެ އަތޮޅުގެ އިހަވަންދިއްޕޮޅަށް ދަތުރުކުރުމުގައި ބޮޑު ފަސޭހައެއް ލިބިގެންދާނެ މި އެއާޕޯޓް މާދަމާ ރަސްމީކޮށް ހުޅުވުމުގެ ކުރިން މިއަދު ޓެސްޓް ފްލައިޓް ޖެއްސީ ހެނދުނު އެވެ. ޓެސްޓް ފްލައިޓް ޖެއްސުމާއި އެއާޕޯޓް ހުޅުވުމަށް ހޯރަފުށި ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ޓެސްޓް ފްލައިޓްގައި ދިޔަ މީހުންނަށް ވެސް ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

އިހަވަންދިއްޕޮޅަށް ބޮޑު އުފަލެއް؛ އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
އިހަވަންދިއްޕޮޅަށް ބޮޑު އުފަލެއް؛ އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

އެއާޕޯޓް އަޅަން ހޯރަފުށީ ފަޅުން ހިއްކި ސަރަހައްދާއި ރަށުތެރެ ވެސް ޒީނަތްތެރިކޮށް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

އިހަވަންދިއްޕޮޅަށް ބޮޑު އުފަލެއް؛ އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
އިހަވަންދިއްޕޮޅަށް ބޮޑު އުފަލެއް؛ އަތޮޅުގެ ފުރަތަމަ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

މާޗު 25، 2019 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަން ފެށި އެއާޕޯޓު ރަސްމީކޮށް މާދަމާ ހުޅުވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއީ، މާދަމާ ދެ އަހަރު ފުރޭ ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓެވެ.

އިހަވަންދިއްޕޮޅާ އެންމެ ކައިރީގައި އޮންނަނީ ހދ. ހަނިމާދޫ އެއާޕޯޓެވެ. ނަމަވެސް އެއީ ސްޕީޑް ލޯންޗެއްގައި ވެސް އެއް ގަޑިއިރުގެ ރާސްތާއެކެވެ. އަދި އެ ދެމެދު ދަތުރުކުރާއިރު ހުރަސްކުރަންޖެހޭ ގައްލަންދޫ ކަނޑަކީ އާންމުކޮށް އަބަދުވެސް ވަރަށް ގަދަ ކަނޑަކަށް ވާތީ ހޯރަފުށީ އެއާޕޯޓާ އެކު ދަތުރުތައް ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި އެއާޕޯޓުގެ އެކި މަސައްކަތްތަކުގައި އެ ރަށުގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އެގޮތުން އެއާޕޯޓު ފެހިކުރުމަށް، ގަސް އިންދުމުގެ ހަރަކާތުން ފެށިގެން އެ ސަރަހައްދު ޒީނަތްތެރިކުރުމުގައި ކުދި ބޮޑު ގިނަ ބަޔަކު ރެޔާއި ދުވާލު ބައިވެރިވި އެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކޮށްފައި އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

މީގެ އިތުރުން ޓެކްސީވޭއަކާއި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް ހަދާފައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯރަފުށީގައި އެއާޕޯޓް ހަދަން ނިންމީ އެ ރަށުގެ އުތުރުން އެއް ފަޅެއްގައި އޮންނަ މާފިނޮޅާ އެކު ބިން ހިއްކައިގެންނެވެ. ނަމަވެސް މި ސަރުކާރުން އެއާޕޯޓް ހެދީ ރަށުގެ ދެކުނުން ފަޅު ހިއްކައިގެން އެތަނުގަ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވިގޮތުގައި، ހޯރަފުށީ އެއާޕޯޓު ހުޅުވައި ހަފުތާއެއްގެ ތެރޭގައި ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ.