ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލްތައް މިހާރު ދިރާގު ޕްލޭ އިން
ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލްތައް މިހާރު ދިރާގު ޕްލޭ އިން

މޮބައިލް ފޯނުންނާއި މޮބައިލް ޑިވައިސްތަކުން އޮންލައިންކޮށް ޓީވީ އަދި މުނިފޫހިފިލުވުމުގެ ތަފާތު ކޮންޓެންޓް ސްޓްރީމް ކުރުމަކީ މިހާރު މުނިފޫހިފުލުވުމަށް އެންމެ ގިނަ މީހުން ކޮށްއުޅޭ ކަންތަކެވެ. އެގޮތުން ދިރާގުން މިވަނީ ފޯނުން ލައިވް ޓީވީ އަދި ވީޑިއޯ އޮން ޑިމާންޑުގެ ގިނަ ކޮންޓެންޓުތައް ބަލާލެވޭނެ ޕްލެޓްފޯމެއް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދީފަ އެވެ.

ދިރާގު ޕްލޭ އެޕްލިކޭޝަނުގެ ޒަރީއާއިން ކަސްޓަމަރުން ބޭނުންވާ ތަފާތު ޗެނަލްތައް ވެސް ބަލާލުމުގެ ފުރުސަތު މިހާރު ލިބޭނެ އެވެ. އެގޮތުން، މިވަގުތު އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު "ޗެމްޕިއަންސް ލީގު"ގެ މެޗުތައް ބަލާލެވޭ ސޮނީ ސްޕޯޓްސްގެ ޗެނަލްތައް ވެސް މި އެޕުން ލިބޭނެ އެވެ. މީގެ ތެރޭގައި ސޮނީ ޓެން2 އެޗްޑީ އާއި ސޮނީ ޓެން3 އެޗްޑީ އާއި ސޮނީ ޓެން 1 އެޗްޑީ އާއި ސޮނީ ސިކްސް އެޗްޑީ ހިމެނެ އެވެ.

މީގެ އިތުރުން ދިވެހިންގެ މެދުގައި އެންމެ މަގުބޫލު "ޒީ" ނެޓްވޯކުގެ ޗެނަލްތައް ވެސް ދިރާގުން ވަނީ މި އެޕަށް އިތުރުކޮށްފަ އެވެ. ދިރާގު ޕްލޭ ބޭނުން ކުރާ ކަސްޓަމަރުންނަށް މިހާރު ޖުމްލަ 42 ޗެނަލް މަހަކު އެންމެ 65ރ. އަށް ބަލާލެވޭނެ އެވެ.

"ދިރާގު ޕްލޭ"، މި އެޕްލިކޭޝަނަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ވެސް ކޮށްލެވޭނެ އެވެ. އަދި ހަނދާންނެތިގެން ބޭނުންވާ ޕްރޮގްރާމެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމް ބަލާލެވޭނެ އެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ ވަގުތު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލަން ބޭނުންވާނަމަ އެކަން ވެސް ކުރެވޭނެ އެވެ.

ދިރާގު ކަސްޓަމަރުންނަށް މިހާރުވެސް މި އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ. މި އެޕް ޑައުންލޯޑްކުރަން ބޭނުންވާ މީހުންނަށް https://bit.ly/31LwuFZ މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އެވެ.