ކޮވިޑް-19 ގައި 57 އަހަރުގެ މީހަކު ރާއްޖެއިން މަރުވެއްޖެ
ކޮވިޑް-19 ގައި 57 އަހަރުގެ މީހަކު ރާއްޖެއިން މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ގައި މިއަދު މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެއީ އެ ބަލީގައި ރާއްޖެއިން މަރުވި 42 ވަނަ މީހާ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަށް ފަހު މިހާރު ވަނީ މަދުވެފަ އެވެ.