12 ނޮވެމްބަރ 2020 - 22:41

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ނެގި 1،444 ސާމްޕަލްގެ ތެރެއިން 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެއީ މާލެއިން 25 މީހަކާއި އަތޮޅުތެރެއިން އެކެކެވެ. އަދި އޭގެ ތެރޭގައި 16 ބިދޭސީއަކާއި 10 ދިވެއްސަކު ހިމެނެ އެވެ. މިއާއެކު ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 12،085 އަށް އަރާފައިވާއިރު މިވަތު ފަރުވާދެމުން އަންނަނީ 812 މީހަކަށެވެ. ބާކީ 11،225 މީހުން ވަނީ ބަލި ރަނގަޅުވެފަ އެވެ.
މިވަގުތު ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 234 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ. އަދި 52 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގަ އެވެ.
އަތޮޅުތެރޭގެ 10 ރަށެއްގައި ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތައް އުޅޭއިރު 25 ރިސޯޓެއްގައި 54 ޓޫރިސްޓަކާއި މުވައްޒފަކު ޕޮޒިޓިވްްވެފައި އެބަތިއްބެވެ.