މީދޫ ކައިިިރިން އެއާކްރާފްޓެއްގެ ފިޔަގަނޑެއް ފެނިއްޖެ
މީދޫ ކައިިިރިން އެއާކްރާފްޓެއްގެ ފިޔަގަނޑެއް ފެނިއްޖެ

ދ. މީދޫ ކައިރިން ކަނޑުމަތިން އެއާކްރާފްޓެއްގެ ފިޔަގަނޑެއް މިއަދު ފެނިއްޖެ އެވެ.

މީދޫ ކައިިިރިން އެއާކްރާފްޓެއްގެ ފިޔަގަނޑެއް ފެނިއްޖެ
މީދޫ ކައިިިރިން އެއާކްރާފްޓެއްގެ ފިޔަގަނޑެއް ފެނިއްޖެ

އަޅިކުލައިގެ އެ ފިޔަގަނޑު ބޮޑަށް ވައްތަރީ އެމެރިކާގެ މިލިޓަރީީ ޑްރޯން އަކާ އެވެ.

"އެޓޭކް އައި ސަވައިލަންސް" އަށް ވެސް ބޭނުންކުރާ ޑްރޯން ހުންނަނީ އަޅި ކުލައިގަ އެވެ. މީދޫ ކިއިރިން ފެނުނު ފިޔަގަނޑު ވެސް އެ ކުލައިގައި އޮތް އިރު އޭގައި ފެންނަ ހުރި ލޭބަލަކާއި ބައެއް އެހެން ފީޗާތަކުގައި ވެސް ވައްތަރު ކަމެއް ހުރެ އެވެ.

ފިޔަގަނޑު ނެގުމުގައި ހަރަކާތްތެރިވި މީދޫގެ މީހެއް ކަމަށްވާ ސާޖިދު "މިހާރު" އަށް ބުނީ އޭތި ފެނުނީ އެ ރަށް ކައިރީގައި އޮތް ވެލިގަނޑަކަށް ދަތުރު ގޮސް ތިބި ބަޔަކަށް ކަމަށެވެ. އެ މީހުން ގުޅައި، އެއްޗެއް އޮޔާދާ ވާހަކަ ބުނުމުން، ހަތަރު މީހަކު ޑިންގީއެއްގައި ދިޔައީ އެއީ ބޭނުންތެރި އެއްޗަކަށް ވެދާނެ ކަމަށް ބަަލަން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ދިޔައީ 19 ފޫޓު ޑިންގީއެއްގައި. އޭގެ ދިގުމިނުގަ ހުންނާނެ ގާތްގަނޑަކަށް 22 ފޫޓު. އެހާ ބޮޑުވީމާ ހަތަރު މީހުންނަށް އެކަނި އެ ނުނެގޭނެތީ ޑިންގީގައި ބަނދެގެން ކަފު ޖަހާފައި ރަށާ ހަމައަށް ގެނައީ،" ސާޖިދު ބުންޏެވެ.

އޭނާ ބުނިގޮތުގައި ފެންނަ ފެނުމަށް އެއީ އެހާ ދުވަސްވީ އެއްޗެއް ނޫނެވެ. ފެހީގެ އަސަރު ވެސް ނެތް ކަމަށާއި ވަރަށް ބޮޑަށް ރިނދަލި ޖަހާފައި ހުރި ކަމަށް ބުންޏެވެ.

"އެއްވެސް ކަހަލަ ލިޔުމެއް، ދިދައެއް އެއްޗެއްގެ ނެތް ފެންނާކަށް. ކޮން ގައުމެއްގެ ކޯނޗެއްކަން ސާފެއް ނުވޭ އަޅުގަނޑުމެންނަކަށް،" ސާޖިދު ބުންޏެވެ.

އޭނާ ބުނީ އެ ފިޔަގަނޑު މިހާރު އޮތީ ރަށު ބަނދަރު ސަރަހައްދުގައި ކަމަށާއި ކައުންސިލް މެދުވެރިކޮށް ފުލުހުންނަށް ވެސް އަންގާފައި ވާނެ ކަމަށެވެ.