12 ނޮވެމްބަރ 2020 - 21:01

އުރީދޫން މި ހަފުތާގެ ބަންދަށް ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.
މި ފަހަރުގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ތައާރަފު ކުރި މި ޕެކޭޖުގެ ދަށުން އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެންމެ 35ރ. އަށް އެއް ޖީބީ ޑޭޓާ ލިބޭނެ އެވެ. މި ޕެކޭޖު އެކްޓިވޭޓް ކުރުމުން އެއްވެސް ޗާޖަކާ ނުލައި މުޅި ދުވަހު އުރީދޫގެ ނަންބަރުތަކަށް ހިލޭ ގުޅައިލެވޭނެ އެވެ.
އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖު އެކްޓިވޭޓް ކުރެވޭނެ އެވެ.
އުރީދޫން ބުނިގޮތުގައި މި ޕެކޭޖު ތައާރަފު ކުރީ މިއީ ދިގު ބަންދަކަށް ވެފައި އާއިލީ މީހުންނާ ގުޅުން ބަދަހި ކުރުމަށް ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް ދިނުމަށެވެ.
މި ޕެކޭޖު އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އެޕް މެދުވެރިކޮށް ނުވަތަ *929*1# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެ އެވެ.