12 ނޮވެމްބަރ 2020 - 12:56

ޖޯޖިއާ (ނޮވެމްބަރު 12) - ޖޯޖިއާގެ ހުރިހާ ވޯޓެއް އަލުން ގުނާއިރު ވޯޓުތައް ގުނާނީ ފަހަރަކު ވޯޓެއް އަތުން ގުނާ އުސޫލުން ކަމަށް އެ ސްޓޭޓުގެ ސެކްރެޓަރީ އިއުލާން ކޮށްފި އެވެ.
ސެކްރެޓަރީ ބްރެޑް ރަފެންސްޕާގާ ވިދާޅުވީ ޖޯޖިއާގެ އިންތިޚާބުން 14،000 ވޯޓުން ޖޯ ބައިޑަން ކުރީގައި އުޅުއްވާ ކަމަށެވެ.
"އެކަން ޔަގީންކުރުމަށް ފަހަރަކު ވޯޓެއް އަތުން ގުނަން ވަނީ ނިންމާފައި. އެއީ ވޯޓު ގުނާ ފަހު ފަހަރަށް ވާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ. "އެއީ ވޯޓުގެ އޮޑިޓެއް."
ރަފެންސްޕާގާ ވިދާޅުވީ ޖޯޖިއާ ވެސް ވަނީ ޓެކްސަސް، ނޯތު ކެރޮލީނާ ފަދަ ސްޓޭޓްތަކާ އެއްހަމައެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓުގެ ފަރަގު ކުޑަވުމުން އެންމެ ރަނގަޅު ގޮތަކަށް ވަނީ އެންމެ ޔަގީންވާ ގޮތަކަށް ވޯޓު ގުނުން ކަމަށެވެ.
ސޯޅަ އިލެކްޓޯރަލް ކޮލެޖް ވޯޓު ހިމެނޭ ޖޯޖިއާ ވޭތުވެދިޔަ ތިން އިންތިޚާބުގައި ވެސް ކާމިޔާބުކޮށްފައި ވަނީ ރިޕަބްލިކަން ޕާޓީންނެވެ. އެލަސްކާގެ ތިން އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު ޓްރަމްޕުގެ އިލެކްޓޯރަލް ވޯޓުގެ ޖުމްލަ އަދަދު މިހާރު ވަނީ 217 އަށް އަރައިފަ އެވެ.
ރިޔާސީ އިންތިޚާބުގައި 279 އިލެކްޓޯރަލް ކޮލް ވޯޓާ އެކު ބައިޑަން ކުރި ހޯއްދެވި ނަމަވެސް ޓްރަމްޕް ގެންދަވަނީ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ބައެއް ސްޓޭޓްތަކުގެ ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި، ޓްރަމްޕުގެ ކޭމްޕުން ބައެއް މައްސަލަތައް ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.