11 ނޮވެމްބަރ 2020 - 22:44

މުނިޔާ މަގާއި މަޖީދީ މަގާ ދޭތެރޭ، ކަނބާ އައިސާރަނި ހިނގުމުގައި ހުރި ގެތަކުން މިރޭ 12:00ން 2:00އާ ދޭތެރޭ ފާހާނާ އާއި ސިންކު ބޭނުން ނުކުރުމަށް އެމްޑަބްލިއުއެސްސީން އެދިއްޖެ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިގޮތަށް އެންގީ އެ ވަގުތު މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން" ޕްރޮޖެކްޓުގެ ދަށުން އެ މަގުގައި ކުރިން އަޅާފައި އޮތް ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޝެޑިއުލް ކޮށްފައިވާތީ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ހުރި ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން އެ ކުންފުނިން ވަނީ އެއްބާރުލުމަށް އެދިފަ އެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފަ އެވެ.