ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 21 މީހުން
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 21 މީހުން

ވޭތުވެ ދިިޔަ 24 ގަޑި އިރުގެ ތެރޭގައި 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް އެ ތަނުން ވަނީ 1،492 ސާމްޕަލް ޓެސްޓުކޮށްފައި ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ 14 ދިވެހިންނާއި ހަތް ބިދޭސީންނެވެ. ރަށްރަށުންނާއި ރިސޯޓުތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،020 އަށް އެރީ އެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ހޯދަމުން އަންނަނީ 800 މީހުންނެވެ. މާލޭގެ އިތުރުން 13 ރަށަކާއި 26 ރިސޯޓެއްގައި ކޮވިޑަށް ޕޮޒިޓިވް މީހުން ތިބި ކަމަށް އެޗްޕީއޭ އިން ބުޏްޏެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި 54 ޓޫރިސްޓުންނާއި ރިސޯޓްތަކުގެ 140 މުވައްޒަފުން ހިމެނެ އެވެ.

މި ބަލި ޖެހިގެން މިހާތަނަށް ރާއްޖެ އިން 41 މީހަކު މަރުވެފައިވެ އެވެ.