10 ނޮވެމްބަރ 2020 - 19:28

އިންޝުއަރެންސަށް އާއްމުން ހޭލުންތެރިކުރުމަށް އެލައިން އިންޝުއަރެންސް ކުންފުނިން ވެބިނާއެއް ބާއްވަން ނިންމައިފި އެވެ.
އެލައިޑުން ބުނި ގޮތުގައި އަންނަ ހަފްތާގައި ފަށަން ހަމަޖައްސާފައިވާ މި ވެބިނާ ސީރިސްގައި 30މިނެޓުގެ އަށް ވެބިނާއެއް ބާއްވާނެ އެވެ. މި ސީރީސް ދެ މަސް ދުވަހަށް ދެމިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ތަފާތު އަށް ދާއިރާއަކަށް އަމާޒުކޮށްގެން ބާއްވާއިރު ފުރަތަމަ ވެބިނާ ބާއްވަނީ އިންބައުންޑް އިންޝުއަރެންސް (ކޮވިޑް އިންޝުއަރެންސް) އާ ގުޅޭގޮތުންނެވެ. އޭގެ ފަހުން ފަޔާ އިންޝުއަރެންސް، އޮންލައިން ހިދުމަތްތައް، ޗައިލްޑް އެޑިއުކޭޝަން އިންޝުއަރެންސް، އިންބައުންޑް ޑިޑަކްޓިބަލްސް އަދި މޮޓޯ އިންޝުއަރްނސްގެ އިތުރަށް މެރިން ހަލް އިންޝުއަރެންސާއި ހެލްތު އިންޝުއަރެންސްއާ ގުޅޭ ގޮތުން ވެބިނާ ކުރިއަށް ގެންދާނެ އެވެ.
ކޮންމެ ވެބިނާއެއް ވެސް އެލައިޑްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލައިވްކުރަން ހަމަޖައްސާފައިވާއިރު އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.