ބްރެޑްލީ ކޫޕާ ކައިވެންޏާ މެދު ސީރިއަސްކޮށް ވިސްނަނީ
ބްރެޑްލީ ކޫޕާ ކައިވެންޏާ މެދު ސީރިއަސްކޮށް ވިސްނަނީ

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެލީ ކޫޕާ މިހާރު އޭނާ ރައްޓެހިވެގެން އުޅޭ ސްޕަމޮޑެލް އައިރީނާ ޝައިކް އާ ކައިވެނި ކުރަން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބްރެޑްލީ ކޫޕާ ކައިވެންޏާ މެދު ސީރިއަސްކޮށް ވިސްނަނީ
ބްރެޑްލީ ކޫޕާ ކައިވެންޏާ މެދު ސީރިއަސްކޮށް ވިސްނަނީ

ދެ މީހުން ރައްޓެހިވެގެން އުޅުނު ނަމަވެސް ދެ މީހުންގެ ގުޅުން އާންމުންގެ ތެރޭގައި އެހާ ހާމަކަން ބޮޑުކޮށެއް ނުބާއްވަ އެވެ. އޭގެ ބަދަލުގައި ދެ މީހުން ވެސް ބޭނުން ވަނީ ވީހާ ވެސް "ޕްރައިވެޓްކޮށް" ގުޅުން ދަމަހައްޓާށެވެ.

އެ ދެ މީހުންގެ ވަރަށް ގާތް މީހަކާ ހަވާލާދީ "އީ ނިއުސް" އިން ބުނި ގޮތުގައި ކޫޕާ އާއި އައިރީނާ ވެސް މިހާރު ތިބީ ސީރިއަސްކޮށް ކައިވެންޏަކަށް ދާން ތައްޔާރަށެވެ. އެހެންވެ ލަސްތަކެއް ނުވެ އެ ދެ މީހުން ކައިވެނިކޮށްފާނެ ކަމަށް ވަނީ ބެލެވެން ފަށައިފަ އެވެ. އަދި ކައިވެނީގެ ވާހަކަ ދެ މީހުން ވެސް ވަރަށް ސީރިއަސްކޮށް ދައްކާފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިހާރު އުމުރުން 41 އަހަރުގެ ކޫޕާ ވަނީ މީގެ ކުރިން ވެސް ކައިވެންޏެއްކޮށްފަ އެވެ. އެކަމަކު 2006 ގައި ކުރި ކައިވެނި ޖެހިގެން އައި އަހަރު ވަނީ ރޫޅިފަ އެވެ.

އޭނާ މިހާރު ޑޭޓް ކުރަމުން އަންނަ އައިރީނާ އަކީ ވިކްޓޯރިއާ ސީކްރެޓްސްގެ މޮޑެލްއެކެވެ. އޭނާގެ މޮޑެލިން ކެރިއަރަށް ކޫޕާ ވެސް ވަރަށް ބޮޑަށް އެއްބާރުލުމެއް ދީ ކުރިއަށް ދާން ހިތްވަރު ދޭ ކަމަށް މީޑިއާތަކުން ބުނެ އެވެ.

"ސިލްވަ ލައިނިންސް ޕްލޭބުކް" އާއި "ހޭންގްއޯވާ" އަދި "އެމެރިކަން ސްނައިޕާ" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ ކޫޕާ މިހާރު އަންނަނީ އޭނާގެ އަލަތު ޑައިރެކްޝަނަށް ވެސް ތައްޔާރުވަމުންނެވެ.

އެއީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ލޭޑީ ގާގާ ބަތަލާއަކަށް ލައިގެން ހަދާ ރިމެކިން "އަ ސްޓާ އިޒް ބޯން" އެވެ.

މި އަހަރު "ވޯ ޑޮގްސް" އިން ފެނިގެން ދިޔަ ކޫޕާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ އަހަރު ރިލީޒް ކުރާ "ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 2" އިންނެވެ.