ބައިޑަންގެ ކާމިޔާބީގެ ފަހަތުގައިވާ ފަސް ސަބަބު
ބައިޑަންގެ ކާމިޔާބީގެ ފަހަތުގައިވާ ފަސް ސަބަބު

ވޮޝިންޓަން (ނޮވެމްބަރު 10) - ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރެއްވުމަށް ފަހު އުމުރުގައި ދެކެމުން އައި ރައީސްކަމުގެ ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް ފަހު ޖޯ ބައިޑަން އެންމެ ފަހުން މިވަނީ ވައިޓް ހައުސް އަށް ވަޑައިގަތުމުގެ މަގު ކޮށްޓަވައިފަ އެވެ.

ބައިޑަންގެ ކާމިޔާބީގެ ފަހަތުގައިވާ ފަސް ސަބަބު
ބައިޑަންގެ ކާމިޔާބީގެ ފަހަތުގައިވާ ފަސް ސަބަބު

ގަރުނަކު އެއްފަހަރު ވެސް ދިމާނުވާނެ ފަދަ ރޯގާ ބަލިމަޑުކަމެއްގެ ތެރޭގައި ކެމްޕޭން ކުރައްވައި، ރައީސް ކަމަށް ނުކުމެވަޑައިގެންނެވި ތިން ވަނަ ފަހަރު ބައިޑަން މި ވަނީ ކާމިޔާބު ހޯއްދަވައިފަ އެވެ. ބައިޑަން އާއި އެ މަނިކުފާނުގެ ޓީމުން ވަނީ ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދައި އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ އަދަދަށް ވުރެ އިތުރަށް އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދައިފަ އެވެ. ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ވެސް ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 74.6 މިލިއަން ހޯދައިފަ އެވެ. ބައެއް ތަޖްރިބާކާރުން ސިފަކުރާ ގޮތުގައި ބައިޑަންގެ ކާމިޔާބީގެ ފަހަތުގައި ވަނީ މައިގަނޑު ފަސް ސަބަބެކެވެ.

ބައިޑަންގެ ކާމިޔާބީގެ ފަހަތުގައިވާ ފަސް ސަބަބު
ބައިޑަންގެ ކާމިޔާބީގެ ފަހަތުގައިވާ ފަސް ސަބަބު

ބައިޑަން އަށް އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އެއް ކަމަކީ އެމަނިކުފާނުގެ ކޮންޓްރޯލުން ބޭރުގައިވާ ކަމަކަށް ވެސް ވެދާނެ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާ އިން 230،000 އަށް ވުރެ ގިނަ މީހުން މަރުވެ 10 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވުމަކީ ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަށް ބަލި ކޮންޓްރޯލް ނުކުރެވުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އިންތިޚާބުގެ ކުރިން ވިސްކޮންސިން ސްޓޭޓުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ ފޭކް ނިއުސްއާ އެކު ކޮންމެ އެއްޗަކީ ކޮވިޑް، ކޮވިޑް، ކޮވިޑް ކަމަށެވެ.

ކޮރޯނާވައިރަހާ އެކު ކުރިމަތިވި އިގްތިސާދީ ހީނަރުކަން މެނޭޖް ނުކުރެވުމަކީ ވެސް ޓްރަމްޕް ސަރުކާރު މަތިން ފޫހިވެ ބައިޑަން އަށް ތާއީދު ބޮޑުވި ސަބަބެކެވެ.

ރައީސް ކަމުގެ މަގާމަށް 1987 ވަނަ އަހަރާއި 2007 ވަނަ އަހަރު ބައިޑަން ނުކުންނެވިއިރު ވެސް އެމަނިކުފާން އިޚްތިޔާރު ކުރެއްވީ މެދުމިނުގެ ކެމްޕޭނެކެވެ. މި ފަހަރުގެ އިންތިޚާބުގައި ވެސް، ކޮރޯނާވައިރަސް ފެތުރޭތީ، ބައިޑަން ބާއްވާފައި ވަނީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ގައިދުރުކޮށް މީހުން ތިބޭ ގޮތަށް އިންތިޒާމްކުރި ބައްދަލުވުންތަކެވެ. އޭގެ ބަދަލުގައި ޓްރަމްޕުގެ ބައްދަލުވުންތަކުގައި ތޮއްޖެހިގެން މީހުން ތިބޭ އިރު ގިނަ މީހުން ތިބެނީ މާސްކް ވެސް ނާޅަ އެވެ. ބައިޑަންގެ ކެމްޕޭން ހަރަކާތްތައް އެކި ދުވަސްތަކަށް ރާވާލައިގެން ކުރިއަށް ގެންދިޔަ އިރު ކެމްޕޭން އިވެންޓެއް ނެތް ދުވަހެއް ނަމަ، ޓްރަމްޕް ވަނީ ބައިޑަން "ފިއްލަވައިފި" ކަމަށް ވިދާޅުވެފަ އެވެ.

އިންތިޚާބުގެ އެއް ދުވަސް ކުރިން ބައިޑަންގެ ކެމްޕޭނުން ވަނީ މެސެޖަކާ އެކު އެންމެ ފަހުގެ ޓީވީ އެޑް އާއްމުކޮށްފަ އެވެ. ބައިޑަން ވިދާޅުވެފައި ވަނީ މި ފަހަރުގެ އިންތިޚާބަކީ "އެމެރިކާގެ ފުރާނައާ ކުރާ ހަނގުރާމައެއް" ކަމަށެވެ. އަދި އެއީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ ބޮއްސުންލައިގެން ގޮސް ބައިބައިވެފައިވާ ގައުމު އެކަތި ގަނޑަކަށް ހަދަން ލިބޭ ފުރުސަތެއް ކަމަށް ބައިޑަން ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަކީ ދެ ކެންޑިޑޭޓެއްގެ މެދުގައި މޮޅުވާ މީހަކު ބަލަން ބޭއްވި އިންތިޚާބަކަށް ވުރެ ބޮޑަށް އެއީ ޓްރަމްޕާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ވޯޓެއް ކަމަށް ވެސް ބައެއް މީހުން ވަނީ ސިފަކޮށްފަ އެވެ. ބައިޑަންގެ ކާމިޔާބީގެ މެސެޖް ވަރަށް ސާފެވެ. "އަޅުގަނޑަކީ ޓްރަމްޕެއް ނޫނެވެ."

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯދަން ކުރި ކެމްޕޭނުގައި ބައިޑަން އަށް އެންމެ ބޮޑު ވާދަވެރިކަމެއް ކުރިމަތިވީ ސެނެޓާ ބާނީ ސެންޑާސް އާއި އެލިޒަބަތު ވޮރެންގެ ފަރާތުންނެވެ. އެ މީހުން ކުރިއަށް ގެންދިޔައީ ފައިސާ ހުރި، އިންތިޒާމް ކުރެވިފައިވާ ކެމްޕޭނެކެވެ. ބައްދަލުވުންތަކަށް ގިނަ ބަޔަކު ހާޒިރުވެ އެވެ. ވާތުފިޔައިގެ އުސޫލުތަކަށް ނުޖެހި ބައިޑަން ހިފެހެއްޓެވީ ސެންޓްރިސްޓް ވިސްނުމެކެވެ. މެދުމިނުގެ ސިޔާސަތުތަކުގެ ސަބަބުން ގިނަ ބައެއްގެ ރުހުން ބައިޑަން އަށް ލިބިވަޑައިގެންނެވި އެވެ.

މި އަހަރުގެ ކުރީކޮޅު ބައިޑަންގެ ކެމްޕޭން އޮފީސް ހިންގީ ހުސްއަތާ ކަހަލަ ގޮތަށެވެ. ވާދަވެރި ކެންޑިޑޭޓް ޓްރަމްޕަކީ ބިލިއަނަރެކެވެ. ނަމަވެސް އެޕްރީލް މަހުން ފެށިގެން ބައިޑަންގެ ކެމްޕޭނުން ވަނީ ފަންޑް ރެއިޒިން ވަރުގަދަކޮށް، އިދިކޮޅު ކެންޑިޑޭޓަށް ވުރެ މާލީ ގޮތުން ތަނަސްވެފަ އެވެ. އޮކްޓޯބަރު މަސް ފެށުނު އިރު ޓްރަމްޕުގެ ކެމްޕޭނަށް ވުރެ އިތުރަށް ބައިޑަން ކެމްޕޭނުގައި 144 މިލިއަން ޑޮލަރު ހުއްޓެވެ.

ކޮރޯނާވައިރަހުގެ ސަބަބުން، މި ފަހަރު ވަނީ ވޯޓު ފޮށިތަކުގެ ކައިރިއަށް ގޮސް ވޯޓުލީ މީހުންގެ އަދަދު މަދުވެފަ އެވެ. އިންތިޚާބުގެ ކުރިން ވަނީ 100 މިލިއަން މީހުން ވޯޓުލައިފަ އެވެ. ޕޯސްޓުން ވޯޓުލީ ގިނަ މީހުންގެ އަޣުލަބިއްޔަތު ތާއީދު ދީފައި ވަނީ ބައިޑަން އަށެވެ.