01 ނޮވެމްބަރ 2016 - 19:41

ސައިރިކްސް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ސައިރިކްސް އިން ބުނީ ކޯސްތަކުގެ ތެރެއިން މާސްޓާސް ޕްރޮގްރާމަށް އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ބެޗްލާސް ޑިގްރީގެ ކޯހަށް އަންނަ ޖެނުއަރީ 10 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް ބުންޏެވެ. ސެޓްފިކެޓް ލެވެލްތަކާއި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަށް ކުރިމަތިލެވޭނީ ސައިރިކްސް ކޮލެޖުން ބުނިގޮތުގައި މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.
ސައިރިކްސް ކޮލެޖުން އަންނަ އަހަރު ފަަށަން ހަމަޖައްސާފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޑިގްރީގެ އަށް ކޯހަކާއި ޑިޕްލޮމާ ހަ ކޯހަކާއި ސެޓްފިކެޓް ލެވެލްތަކުގެ ފަސް ކޯހެއްގެ އިތުރުން މާސްޓާސް އެއް ކޯހެވެ.
ސައިރިކްސް ކޮލެޖުގެ މާސްޓާސް ކޯހަކީ ރާއްޖޭގެ ވަޒީފާ މާހަައުލާ ގުޅޭގޮތަށް ފަރުމާކޮށްގެން ހިންގާ ހަމައެކަނި މާސްޓާސް ޕްރޮގްރާމެވެ.
މިހާރު ވެސް ބިޒްނަސް އާއި މާކެެޓިން އަދި އައިޓީ ފަދަ ދާއިރާތަކުން ހާހެއްހާ ދަރިވަރުން އަންނަނީ ސައިރިކްސް ކޮލެޖުގައި ކިޔަވަމުންނެވެ.