ލޭޑީ ޝާލޮޓްގެ ޒަމާނީ ވެޑިން ގައުން އެންމެންގެ ސަމާލުކަން ހޯދައިފި
ލޭޑީ ޝާލޮޓްގެ ޒަމާނީ ވެޑިން ގައުން އެންމެންގެ ސަމާލުކަން ހޯދައިފި

އިނގިރޭސި ވިލާތުގެ ރަސް ދަރިކަނބަލުން އެންޓޯނިއާ އަދި "ޑިއުކް އޮފް ވެލިންޓަން" ޗާލްސް ވެއްލެސްލީގެ ދަރިކަނބަލުން ލޭޑީ ޝާލޮޓް ސްޕެއިންގައި ކައިވެނި ކުރެއްވިއިރު ތުރުކުރައްވައިގެން ހުންނެވި ވެޑިން ގައުން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

ލޭޑީ ޝާލޮޓްގެ ޒަމާނީ ވެޑިން ގައުން އެންމެންގެ ސަމާލުކަން ހޯދައިފި
ލޭޑީ ޝާލޮޓްގެ ޒަމާނީ ވެޑިން ގައުން އެންމެންގެ ސަމާލުކަން ހޯދައިފި

އުމުރުން 25 އަހަރުގެ ލޭޑީ ޝާލޮޓް މިދިޔަ ހޮނިހިރު ދުވަހު ކައިވެނިކުރީ ސްޕެއިންގެ ބޮޑު ވިޔަފާރިވެރިއެއް ކަމަށްވާ އަލެހާންދްރޯ ސަންޓޯ ޑޮމިންގޯއާ އެވެ.

ލޭޑީ ޝާލޮޓްގެ ފުރިހަމަ ގައުން ފަރުމާކޮށްފައި ވަނީ މަޝްހޫރު ޑިޒައިނާ އެމީލިއާ ވިކްސްޓެޑް އެވެ. އެމީލިއާ ވިކްސްޓެޑް އަކީ ޔޫކޭގެ މަޝްހޫރު އެކްޓަރުންނާއި ރޯޔަލް އާއިލާގެ ބޭފުޅުންނަށް ހެދުން ފަރުމާކުރާ ފަންނުވެރިއެވެ. އޭނާ ލޭޑީ ޝާލޮޓްގެ ކައިވެންޏަށް ހާއްސަކޮށް ފަރުމާކުރި ގައުން އަކީ ކްރީމް ކުލައިގެ ބަރު ފޮއްޗަކުން ފަހާފައިވާ "އޮފް ޝޯލްޑާ" ހެދުމެކެވެ.

ސާދާ ގޮތަކަށް އިސްތަށިގަނޑު ސްޓައިލްކޮށްފައި ހުރި ލޭޑީ ޝާލޮޓުގެ ތުނި ބޮލު ފޮތިކޮޅުގައި ހުދު ފަށުވިން އެމްބްރޮއިޑާ ކޮށްފައިވާ މުތްތަކެއް ހުއްޓެވެ. އެ ފޮތިކޮޅުން މުޅި ހެދުމަށް އިތުރު ރީތިކަމެއް ގެނެސްދިނެވެ.

"އޮފް ޝޯލްޑާ" ހެދުމަކީ ކައިވެނި ހަފުލާތަކަށް ގިނަ މީހުން ހިޔާރުކުރާ ސްޓައިލެކެވެ. ނަމަވެސް ލޭޑީ ޝާލޮޓްގެ ގައުން ތައްޔާރުކޮށްފައި ވަނީ ވަރަށް ޒަމާނީ ސްޓައިލަކަށެވެ. އަދި އޭނާ އަރައިގެން ހުރި އޮލިވް ފެހި ބޫޓު ކައިވެނި ހަފުލާގެ ފެއްސާއި ހުދު ކުލަ ތީމާ ގުޅެ އެވެ. މީގެެ އިތުރުން ބްރައިޑަލް ބޮކޭގައި ވެސް ބޭނުންކޮށްފައި ހުރީ އެކި ވައްތަރުގެ ފަތާއި ހުދު މަލެވެ.

ސްޕެއިންގައި ބޭއްވި ކައިވެނި ހަފުލާއަށް 200 މެހެމާނުންނަށް ދައުވަތު ދީފައިވެ އެވެ. އޭގެ ތެރެއިން ގިނަ މެހެމާނުންނަކީ އެކި ރަސްމަތީ ބޭފުޅުންނާއި މަޝްހޫރު އެކްޓަރުންނާއި މޮޑެލުންނެވެ. ޕްރިންސް ޗާލްސްގެ އަނބިކަނބަލުން ކެމިލާ، ކުރީގެ ސުޕާ މޮޑެލް އީވާ، ސްޕެއިންގެ ކުރީގެ ރަސްގެފާނު ޖުއާން ކާލޮސް އަދި މަޝްހޫރު ލަވަކިއުންތެރިއާ ޖޭމްސް ބްލަންޓް މި ކައިވެނި ހަފްލާއިން ފެނުނެވެ.