08 ނޮވެމްބަރ 2020 - 23:21

ކޮވިޑު-19 ގައި އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ. މިއީ އެ ބަލީގައި ރާއްޖެ އިން މަރުވި 40 ވަނަ މީހާ ކަމަށް ވަނީ ނިންމައިފަ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބަންގްލަދޭޝްގެ 43 އަހަރުގެ ފިރިހެނަކު ހެނދުނު 7:25 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
އޭނާ ކޮވިޑަށް ޓެސްޓުކުރިއިރު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ ކޮވިޑުގައި ރާއްޖެ އިން މަރުވި 40 ވަނަ މީހާ ކަމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެއީ ހުޅުމާލެ ފޭސް 2 ގައި މަސައްކަތްކުރާ މީހެކެވެ.