06 ނޮވެމްބަރ 2020 - 22:24

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން 39 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިިން ހަތް މީހަކު ޕޮޒިޓިވްވީ އަތޮޅު ތެރެއިން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11،900 އިން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. މިހާރު ފަރުވާ ދެނީ 11،041 މީހަކަށެވެ. އޭގެ ތެރެއިން 212 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 54 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުުވާ ދެމުންނެވެ.
ކޮވިޑް-19 ގައި މިހާތަނަށް ރާއްޖެއިން ވަނީ 39 މީހަކު މަރުވެފަ އެވެ.