ފުޅަދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ފުޅަދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބ. ފުޅަދޫއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފުޅަދޫ ހެލްތު ސެންޓަރުން ބުނީ ކޮވިޑް-19 އަށް އެރަށުން މިއަދު ޕޮޒިޓިވްވީ ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ކަމަށެވެ. އެހެންވެ، ހުރިހާ ރައްޔިތުން އެކަމަށް ސަމާލުވާން އެދޭ ކަމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ކޮވިޑް-19 އަށް ފުޅަދޫން ދެ މީހަކު ޕޮޒިޓިވްއިރު، އެހެން ބައެއް ރަށްރަށުން ވެސް އެ ބައްޔަށް މީހުން ޕޮޒިޓިވް ވެފައިވެ އެވެ. އެކަމާ ގުޅިގެން ބައެއް ރަށްތައް މޮނީޓަރިންގެ ހާލަތަށް ވެސް ގެނެސްފައިވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އަތޮޅު ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.