ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެ

ކޮވިޑް-19 ޖެހުނު އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 88 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެހެންވެ، ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 39 އަށް އަރައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11،800 އިން މައްޗަށް އެރިޔަސް، މިހާރު ފަރުވާ ދެމުންދަނީ 844 މީހަކަށެވެ. ބާކީ ތިބި މީހުން ވަނީ އެ ރަނގަޅުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.