ސަލްމާންގެ "ޓިއުބްލައިޓް" ގައި ޝާހްރުކް ބައިވެރިވޭ
ސަލްމާންގެ "ޓިއުބްލައިޓް" ގައި ޝާހްރުކް ބައިވެރިވޭ

ޝާހްރުކް ޚާނާއި ސަލްމާން ޚާން އެކުގައި ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބުލައިޓް"ގައި މަސައްކަތް ކުރަން ތައްޔާރުވެއްޖެ އެވެ. ފިލްމާ ގުޅުން ހުރި ފަރާތަކުން އިންޑިއާ ޓައިމްސް އަށް ބުނެފައި ވަނީ "ޓިއުބުލައިޓް" ގައި ޝާހްރުކް ބައިވެރިވާ ކަމަށެވެ.

ބެލެވޭގޮތުގައި ޝާހްރުކް އާއި ސަލްމާންގެ މެދުގައި އަލަށް ފެށުނު އެކުވެރިކަމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ވާނީ ޑައިރެކްޓަރު ކަބީރް ޚާނަށެވެ.

މިހާރު ރޭވިފައި އޮތް ގޮތުން ޝާޙްރުކް މި ފިލްމުގައި އަދާކުރަނީ މެހެމާނެއްގެ ރޯލެވެ. ކުރިން މި ރޯލު އަދާކުރާ ގޮތަށް ހަމަޖެހިފައިއޮތީ ކުރީގެ މަޝްހޫރު ތަރި ޝަތުރޫގަން ސިންހާ އެވެ. ނަމަވެސް ފަހުން އެ ރޯލު ޝާހްރުކް ލައްވާ ކުޅުވާ ގޮތަށް ހަމަޖެހުނީ ކަމަށް ފިލްމު ޔުނިޓުގެ މީހަކު ބުނެފައިވެ އެވެ.

ޝާހްރުކް އާއި ސަލްމާން އެންމެ ފަހުން ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފައި ވަނީ މީގެ ނުވަ އަހަރު ކުރިން ނުކުތް ފަހާ ޚާޏްގެ "އޯމް ޝާންތީ އޯމް" ގަ އެވެ.

މި ދެ ތަރިން އެކުގައި މިހާތަނަށް ހަ ފިލްމެއް ކުޅެފައިވެ އެވެ. ބައެއް ފިލްމުތަކުގައި މުހިއްމު ބައިތަކެއް ކުޅުނުއިރު އަނެއްބައި ފިލްމުތަކުގައި ކުޅުނީ މެހެމާނެއްގެ ރޯލެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ ދެ ފިލްމަކީ "ކަރަން އަރްޖުން" އާއި "ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ" އެވެ.