ކޮވިޑް-19: 71 ޕޮޒިޓިވް، މާލެ ސަރަހައްދުން 60 ކޭސް
ކޮވިޑް-19: 71 ޕޮޒިޓިވް، މާލެ ސަރަހައްދުން 60 ކޭސް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 71 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ 1،758 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން 60 އަދި ރަށްރަށާއި ރިސޯޓުތަކުން 11 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ 15 ދިވެހިންނާއި 56 ޓޫރިސްޓުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާ އެކު، މުޅި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11،893 އަށް އެރީ އެވެ.

ކޮވިޑް-19 އިން 19 މީހަކު ރަނގަޅުވެފައިވާތީ، މި ވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 838 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 56 މީހަކަށް ފަރުވާދެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަބް ކޮންޓްރެކްޓަރު ޗައިނާ ހާބަ އިންޖީނިއަރިން ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އެގޮތުން، އެކި ސަރަހައްދުން ބޭރު މީހުން ނަގައިގެން މަސައްކަތަށް ގެންގޮސް، ބައެއް މީހުން ޓެސްޓުކުރިއިރު 45 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެކަމާ ގުޅޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.