05 ނޮވެމްބަރ 2020 - 15:16

ޓެކްނޮލޮޖީ ދާއިރާގެ ތަފާތު އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރާ މެކްސްކޮމް ޓެކްނޮލޮޖީސް އިން "އިޔާ އެންޑް" ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15 ގެ ނިޔަލަށެވެ. މި މުއްދަތުގައި އެ ފިހާރަ އިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގައި، މެކްސްކޮމުން ވިޔަފާރި ކުރާ މީހުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތުލުން ބާއްވާނެ އެވެ ގުރުއަތުން ހޮވޭ މީހަކަށް ކޮންމެ ހަފުތާއަކު ވެސް އަގުހުރި އިނާމެއް ލިބޭނެ އެވެ.
މީގެ އިތުރުން، މި ޕްރިމޯޝަން ނިމުމުން އެއް މުއްދަތުގައި ވިޔަފާރި ކުރި ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރު ނަގައި ތިން ނަސީބުވެރިއަކު ހޮވާނެ އެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް މެކްސްކޮމުން ވަނީ ޑެލް ބްރޭންޑުގެ ލެޕްޓޮޕަކާއި ސްމާޓް ފޯނެއްގެ އިތުރުން ސްމާޓް ގަޑިއެއް ހުށަހަޅައިފަ އެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތުގައި މެސްކޮމުން ވިއްކާ، ލެޕްޓޮޕާއި ޓެބްލެޓް އަދި މޮބައިލް ފޯނު އަގުހެޔޮކޮށް ލިބެން ހުންނާނެ އެވެ. މި ތަކެތި އެ ފިހާރައި ން ލިބެން ހުންނާނީ ވޮރެންޓީއާ އެކުގަ އެވެ، މީގެ ތެރެއިން ޑެލްގެ ޑެސްކްޓޮޕް ލިބެން ހުންނާނީ ތިން އަހަރު ދުވަހުގެ ވޮރެންޓީއާއެކުގަ އެވެ.