ނޯރާގެ އައިޓަމް ލަވައެއް އަކްޝޭގެ "ބެލް ބޮޓަމް" ގައި
ނޯރާގެ އައިޓަމް ލަވައެއް އަކްޝޭގެ "ބެލް ބޮޓަމް" ގައި

އަންނަ އަހަރު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގައި ބޮލީވުޑްގައި މިހާރު އެންމެ ގަދައަށް ފިޔަޖަހާ އައިޓަމް ގާލް ނޯރާ ފަތެހީގެ އައިޓަމް ލަވައެއް ހިމަނަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ނޯރާއާ އެކު އަކްޝޭ ވެސް ފެންނާނީ ރެޓްރޯ ސްޓައިލްގެ ވަރަށް ފޯރިގަދަ ލަވަޔަކުން ކަމަށެވެ.

"ބެލް ބޮޓަމް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް 2 ގަ އެވެ.

ނޯރާގެ މަގުބޫލު އައިޓަމް ލަވަތަކުގެ ތެރޭގައި 2018 ގައި ގެނެސްދިން ޖޯން އަބްރަހަމްގެ ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ "ދިލްބަރް" އާއި މިދިޔަ އަހަރު ޖޯން ކުޅުނު "ބަތުލާ ހައުސް" ގެ "އޮ ސާކީ ސާކީ" އާއި 2018 ގެ ފިލްމު "އިސްތިރީ" ގެ "ކަމަރިޔާ" ފާހަގަކޮށްލެވެ އެވެ.

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ރެމޯ ޑި ސޫޒާގެ ފިލްމު "ސްޓްރީޓް ޑާންސާ" އިން ފެނިގެން ދިޔަ ނޯރާގެ "ގަރްމީ" އަކީ ވެސް އެހާމެ ބޮޑަށް ވައިގައި ހިފި ލަވައެކެވެ.