04 ނޮވެމްބަރ 2020 - 22:41

މިދިޔަ 24 ގަޑިއިރު ރާއްޖެ އިން ނެގި 1،130 ސާމްޕަލްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 26 މީހަކު ކަމަށް އެޗުޕީއޭ އިން މިރޭ ބުނެފި އެވެ.
އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް ނެގި ކޮވިޑް ސާމްޕަލްގެ ޓެސްޓުތަކުން ކޮވިޑަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން 21 ދިވެއްސަކާއި އަތޮޅުތެރެއިން ފަސް ބިދޭސީ އެކެވެ. މި އަދަދުތަކާ އެކު، ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ މިހާރުގެ ޖުމުލަ އަކީ 11،822 އެވެ.
މީގެ ތެރެއިން މިވަގުތު ފަރުވާ ދެމުން އަންނަނީ 786 މީހަކަށެވެ. ކޮވިޑް ޖެހުނު 10،991 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި 38 މީހަކު ވަނީ މަރުވެފަ އެވެ.
އެކްޓިވް ކޭސްތަކުގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން މިހާރު އަންނަނީ 52 މީހަކަށެވެ. އަދި 185 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ. އެކްޓިވް ކޭސްތައް 18 ރަށެއްގައި އުޅޭއިރު 30 ރިސޯޓެއްގައި 46 ޓޫރިސްޓަކާއި 127 މުވައްޒަފަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައި އެބަތިއްބެވެ.