04 ނޮވެމްބަރ 2020 - 12:52

އދ. މަންދޫގައި ތަރައްގީކުރި "ފިޔަވަޅު މޯލްޑިވްސް" އިއްޔެ ހުޅުވައިފި އެވެ.

މި ރިސޯޓު ހުޅުއްވައިދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ރިސޯޓު ހުޅުވީ 44 ވިލާއާއެކުގަ އެވެ. ނަމަވެސް އެއްކޮށް މަސައްކަތް ނިމޭއިރު 100 ވިލާ ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ. މީގެ ތެރޭގައި "ގާޑަން ވިލާ" އާއި "ޑޫލެކްސް ގާޑަން ވިލާ" އާއި "ބީޗް ވިލާ" އާއި "ޑުލެކްސް ބީޗް ވިލާ" އަދި "ޕޫލް ވިލާ" ހިމެނެ އެވެ.
ފިޔަވަޅު ރިސޯޓުން ބުނި ގޮތުގަިއ އެ ރިސޯޓުގެ ކޮންމެ ވިލާއަކުން ވެސް ގެސްޓުންނަށް ބޭނުންވާނެ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.
މި ރިސޯޓުގައި "ކޮވެލި"ގެ ނަމުގައި ހުޅުވާފައިވާ ރެސްޓޯރެންޓުން ބައިނަލްއަގުވާމީ ކުޒީންސްތަކުގެ އިތުރުން ދިވެހި ކެއުން ވެސް ލިބެން ހުންނާނެ އެވެ. އަދި ގޮނޑުދޮށުގައި ތިބެގެން ކާން ބޭނުންވާ މީހުންނަށް ހާއްސަ ކެފޭ އެއްވެސް ހުންނާނެ އެވެ. "ރިޔާ ކެފޭ"ގެ ނަމުގައި ހުޅުވާފައިވާ މި ކެފޭގައި ކުޑަކުދިންނަށް ހާއްސަ މެނޫއެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ގެސްޓުންނަށް ވޯޓާ ސްޕޯޓްސް ސެންޓަރަކާއި އެހެން ކުޅިވަރުތައް ކުޅުމަށް ރެކްރިއޭޝަން ސެންޓަރެއް ވެސް ހުރެ އެވެ.