ބޭރުގެ މިންގަނޑުތަކަށް އޮޑިޓަރުން ފައްތަން ތަމްރީން ދީފި
ބޭރުގެ މިންގަނޑުތަކަށް އޮޑިޓަރުން ފައްތަން ތަމްރީން ދީފި

ކުދި އަދި މެދުފަންތީގެ އަމިއްލަ ކުންފުނިތައް އޮޑިޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރުން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ގެންދިއުމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި އެވެ.

ބޭރުގެ މިންގަނޑުތަކަށް އޮޑިޓަރުން ފައްތަން ތަމްރީން ދީފި
ބޭރުގެ މިންގަނޑުތަކަށް އޮޑިޓަރުން ފައްތަން ތަމްރީން ދީފި

އޮޑިޓާ ޖެނެރަލް އޮފީހާއި ލަންކާގެ ޗާޓަޑް އެކައުންޓިން އިންސްޓިޓިއުޓް (ސީއޭ ސްރީލަންކާ) އާ ގުޅިގެން "ޓްރެއިނިން އޮން އޮޑިޓް މެނުއަލް ފޯ އެސްއެމްޕީ"ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެކައުންޓިން ދާއިރާގެ 60 މީހުން ބައިވެރިވި އެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއީ އެ އޮފީހާއި ސީއޭ ސްރީލަންކާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދެއްވީ ލަންކާގެ ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ސީއޭ ސްރީ ލަންކާގެ މެމްބަރުންނެވެ.

"އޮޑިޓަރުންނަކީ ފަންނުވެރި ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރަން ޖެހޭ ބައެއް. ރާއްޖޭގައި ޗާޓަޑް އެކައުންޓިން އަދި އޮޑިޓަރުންގެ ޕްރޮފެޝަނަށް ނިސްބަތްވާ ވަކި ބައެއް އަދި ނެތް. އެހެންވެ މި އޮފީހުން މި ގެންދަނީ އެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް ތަމްރީނުގެ ފުރުސަތު ފަހިކޮށްދެމުން،" ބަޔާނުގައިވެ އެވެ.