އެމެރިކާ އިންތިޚާބު 2020: ވާދަވެރިކަން ބޮޑު، އެކަމަކު ބައިޑަން ކުރީގައި
އެމެރިކާ އިންތިޚާބު 2020: ވާދަވެރިކަން ބޮޑު، އެކަމަކު ބައިޑަން ކުރީގައި

ވޮޝިންޓަން (ނޮވެމްބަރު 4) - އެމެރިކާގެ އެކި ސްޓޭޓްތަކުގެ ވޯޓުލުން ބަންދުކުރަމުންދާ އިރު، މިހާތަނަށް ސާފުކުރި ނަތީޖާތަކުން، ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ ވާދަވެރިކަން ބޮޑު ނަމަވެސް ބައިޑަން ކުރީގައި އުޅުއްވާ ކަމަށް ދައްކައިފި އެވެ.

އެމެރިކާގެ މީޑިއާތަކުން ބުނި ގޮތުގައި ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕް ވަނީ 14 ސްޓޭޓެއް ކާމިޔާބު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިންޑިއާނާ އާއި ކެންޓަކީ، އޮކްލަހޮމާ، ޓެނެއްސީ އަދި ވެސްޓް ވާޖީނިއާ ހިމެނެ އެވެ. މިއީ 2016 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓްތަކެވެ.

ބައިޑަން ވަނީ 12 ސްޓޭޓެއް ކާމިޔާބު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އަމިއްލަ ސްޓޭޓް ޑެލަވެއާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ނިއު ޔޯކް އާއި ވެރިރަށް ވޮޝިންޓަންގެ ވޯޓް ވެސް ކާމިޔާބު ކުރެއްވީ ބައިޑަން އެވެ. މިހާތަނަށް ބައިޑަން ކާމިޔާބު ކުރައްވާފައި ވަނީ 2016 ވަނަ އަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން ކާމިޔާބު ކުރެއްވި ސްޓޭޓްތަކެވެ.

އެމެރިިކާގެ އިންތިޚާބުގެ ނަތީޖާ ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ވޯޓުން މިހާތަނަށް ބައިޑަން 135 ވޯޓު ލިބިވަޑައިގެންފައިވާ އިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 111 ވޯޓެވެ. ވައިޓް ހައުސް އަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވަން ޖެހޭނެ އެވެ. ތިރީގައި އެ ވަނީ ދެ ކެންޑިޑޭޓުން ކާމިޔާބު ކުރެއްވި ސްޓޭޓްތަކާއި އެ ސްޓޭޓްތަކުގެ ކޮލެޖް ވޯޓުގެ އަދަދެވެ.

އަލަބާމާ (6)

އިންޑިއާނާ (11)

ކެންސަސް (6)

ކެންޓަކީ (8)

ލޫސިއާނާ (8)

މިސިއްސިޕީ (6)

ނޯތު ޑަކޯޓާ (3)

އޮކްލަހޮމާ (7)

ސައުތު ޑަކޯޓާ (3)

ޓެނެއްސީ (11)

ވެސްޓް ވާޖީނިއާ (5)

ވަޔޯމިން (3)

ކޮލަރާޑޯ (9)

ޑެލަވެއާ (3)

ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ (3)

އިލިނޯއިސް (20)

މެރީލޭންޑް (10)

މެސަސޫސެޓްސް (11)

ނިއު ޖާޒީ (14)

ނިއު މެކްސިކޯ (5)

ނިއު ޔޯކް (29)

ރޯޑް އައިލެންޑް (4)

ވާމޮންޓް (3)

ވާޖީނިއާ (13)