ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ބީއެމްއެލްގެ "އަހަރެންގެ ބޭންކް، ކޮމިއުނިޓީ ފަންޑު"ގެ ތިން ވަނަ ފިޔަވަހީގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފިޔަވަހީގައި ކޮމިއުނިޓީ ފަންޑުގެ ދަށުން ދިހަ ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓުތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގަން 50،000ރ. ގެ މާލީ އެހީތެރިކަމެއް، ގައުމީ ބޭންކުން ފޯރުކޮށްދެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21ގެ ކުރިން ޕްރޮޕޯސަލާއި ފޯމު[email protected]އަށް މެއިލް ކުރަން ޖެހެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފުކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގާފައިވެ އެވެ.