ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ކަރަންޓީނަށް
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ކަރަންޓީނަށް

ޖެނީވާ (ނޮވެމްބަރު 3) - ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓްވުމުގެ ސަބަބުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ކަރަންޓީނަށް ވަޑައިގަންނަވަން ޖެހިއްޖެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ޓެޑްރޯސް ޓެސްޓް ކުރުން މި ވަގުތު މުހިންމު ނޫން ކަމަށެވެ. ޓެޑްރޯސް ވަނީ ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވުމުން ދެ ހަފުތާ އަށް ކަރަންޓީނަށް ވަޑައިގަންނަވާކަން ޓްވިޓާ މެދުވެރިކޮށް އާއްމު ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ހާލު ރަނގަޅު އަދި ބަލީގެ އަލާމާތެއް ވެސް ނުފެނޭ. އެކަމަކު ޑަބްލިއުއެޗްއޯގެ ޕްރޮޓޮކޯލާ އެއްގޮތަށް އަޅުގަނޑު ކަރަންޓީނަށް ދާނަން،" ގޭގައި ހުންނަވައި ދެއްވި ވާޗުއަލް ޕްރެސް ބްރީފިންއެއްގައި ޓެޑްރޯސް ވިދާޅުވި އެވެ. "މި ދުވަސްވަރު އެންމެ މުހިންމު ކަމަކީ ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް އުޅުން."

ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯގެ ހެޑްކުއާޓަރުގައި ވާހަކަ ދައްކަވަމުން އިމަޖެންސީސް ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ޓެޑްރޯސްގެ ފަރާތުން ބަލީގެ އަލާމާތްތައް ނުފެންނަ ނަމަ ޓެސްޓް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކޮރޯނާވައިރަހަށް މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 47.2 މިލިއަން މީހުން ޕޮޒިޓިވްވެ 1.2 މިލިއަން މީހުން މަރުވެފަ އެވެ.