ވައިރަސް ބަލިކުރެވޭނީ ޓްރަމްޕް ބަލިކޮށްގެން: ބައިޑަން
ވައިރަސް ބަލިކުރެވޭނީ ޓްރަމްޕް ބަލިކޮށްގެން: ބައިޑަން

އޮހާޔޯ (ނޮވެމްބަރު 3) - ކޮރޯނާވައިރަސް އެމެރިކާގައި ކޮންޓްރޯލްކޮށް އެ ބަލިން އަރައިގަނެވޭނީ މިއަދު ބާއްވާ އިންތިޚާބުން ޑޮނަލްޑް ޓްރަމްޕް ބަލިކޮށްގެން ކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ވައިރަސް ބަލިކުރެވޭނީ ޓްރަމްޕް ބަލިކޮށްގެން: ބައިޑަން
ވައިރަސް ބަލިކުރެވޭނީ ޓްރަމްޕް ބަލިކޮށްގެން: ބައިޑަން

"ވައިރަސް ބަލިކޮށްލުމަށް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ އިންތިޚާބުގައި ޓްރަމްޕް ބަލިކުރުން،" އޮހާޔޯގެ އެއާޕޯޓުގައި ބޭއްވި ކެމްޕޭން އެއްވުމުގައި ބައިޑަން ވިދާޅުވި އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ބައިޑަންގެ އެއްވުމުގައި، ގިނަ މީހުން ތިބީ ކާރުތަކުގެ ތެރޭގަ އެވެ.

އަނެއްކޮޅުން ޓްރަމްޕް ވެސް ގެންދަވަނީ ސްވިންގް ސްޓޭޓްތަކުގައި ވަރުގަދަ އަށް ކެމްޕޭން ކުރައްވަމުންނެވެ. ޓްރަމްޕުގެ ކެމްޕޭން އެއްވުންތަކުން ފެންނަނީ ގައިދުރުކަމެއް ނެތި، މާސްކް ވެސް ނާޅައި ގިނަ މީހުން ތިބޭ މަންޒަރެވެ.

ކޮރޯނާވައިރަހާ ގުޅޭ އެމެރިކާގެ އެންމެ އިސް ސައެންސްވެރިޔާ ޑރ. އެންތަނީ ފައުޗީ މަގާމުން ދުރުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ބައިޑަން ވިދާޅުވީ މޮޅު ޚިޔާލެއް އެމަނިކުފާނުގެ އެބައޮތް ކަމަށެވެ.

"އަޅުގަނޑު އިންތިޚާބު ކޮށްދެއްވާ. އޭރުން ޑރ. ފައުޗީ މަގާމަށް ގެންނާނަން. އަޅުގަނޑުމެން މިއުޅެނީ ޓްރަމްޕް މަގާމުން ދުރުކުރަން،" ބައިޑަން ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓް ވިދާޅުވީ ޓްރަމްޕް ވަނީ ކޮރޯނާވައިރަހަށް އަމާންދީ ހުދު ދިދަ ނަގާފައި ކަމަށެވެ.