މިދިޔަ 24 ގަޑިއިރުގެ 1،318 ސާމްޕަލުން ކޮވިޑަށް ޕޮޒިޓިވްވީ 36
މިދިޔަ 24 ގަޑިއިރުގެ 1،318 ސާމްޕަލުން ކޮވިޑަށް ޕޮޒިޓިވްވީ 36

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 36 ސާމްޕަލެއް ބައްޔަށް ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ހިނގި 24 ގަޑިއިރު ތެރޭ 1،318 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 31 މީހުން އަދި ރަށްރަށާއި ރިސޯޓުތަކުން ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 11،737 އަށް އެރީ އެވެ.

އެ ބަލިން މުޅިން އަލަށް 33 މީހަކު ރަނގަޅުވެފައި ވެ އެވެ. އެއާއެކު ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 10،916 އަށް ވަނީ އަރައިފަ އެވެ. އެހެންވެ ބަލި ޖެހުނު މީހުންގެ ތެރެއިން 92 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ.

މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 776 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 56 މީހަކަށް ފަރުވާ ދެ އެވެ.

މާލޭގެ އިތުރުން 13 ރަށަކާއި 31 ރިސޯޓެއްގައި 97 ސްޓާފުންނާއި 43 ޓޫރިސްޓުން ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ. ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ފެނިފައިވާ ކަނޑިމަ ރިސޯޓް އޮތީ މޮނިޓަރިންގަ އެވެ.