ތާރީހީ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރި ގައްޒަނިއްގާ މަރުވެއްޖެ
ތާރީހީ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރި ގައްޒަނިއްގާ މަރުވެއްޖެ

މިލާން (ނޮވެމްބަރު 1) – ދުނިޔޭގެ އެންމެ ޝަރަފްވެރި ޓްރޮފީ ކަމަށްވާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރި އިޓަލީގެ ސިލްވިއޯ ގައްޒަނިއްގާ އުމުރުން 95 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ތާރީހީ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރި ގައްޒަނިއްގާ މަރުވެއްޖެ
ތާރީހީ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރި ގައްޒަނިއްގާ މަރުވެއްޖެ

"ބައްޕަ މަރުކަން އެނގުނީ ހެނދުނު ހޭނުލުމުން. މިއީ ގުދުރަތީ މަރެއް،" ގައްޒަނިއްގާގެ ދަރިފުޅު ޖިއޯޖިއޯ ގައްޒަނިއްގާ ބުންޏެވެ.

ތާރީހީ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރި ގައްޒަނިއްގާ މަރުވެއްޖެ
ތާރީހީ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރި ގައްޒަނިއްގާ މަރުވެއްޖެ

ކުރިން ދެމުން ދިޔަ ޖޫލްސް ރިމޭ ޓްރޮފީ ބްރެޒިލުން 1970 ވަނަ އަހަރު މިލްކުކުރުމާ ގުޅިގެން، ގައްޒަނިއްގާ ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރީ 1971 ވަނަ އަހަރެވެ. ގައްޒަނިއްގާ ފަރުމާކުރި ޓްރޮފީ އެންމެ ފުރަތަމަ އުފުލާލީ 1974 ވަނަ އަހަރު ހުޅަނގު ޖަރުމަނުންނެވެ.

"ވޯލްޑް ކަޕް ޓްރޮފީ އަކީ ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ސިކުނޑީގައި ހަރުލާފައިވާ ހާއްސަ ޓްރޮފީއެއް. ގައްޒަނިއްގާ އަށް އަބަދަށްޓަކައި އަހަރެމެން ޝުކުރުވެރިވާނަން،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.

އަށާރަ ކެރެޓް ރަނުން ތައްޔާރުކޮށްފައިވާ ހަ ކިލޯގެ މި ޓްރޮފީން ދައްކުވައިދެނީ ދުނިޔެ ސިފަކޮށްދޭ ބޯޅައެއް ވަށައިގެން ތިބެ ކުޅުންތެރިން އުފާފާޅުކުރާ މަންޒަރެވެ. މި ޓްރޮފީގެ ބުޑުގައި، ވޯލްޑް ކަޕް ކާމިޔާބުކުރާ ގައުމުގެ ނަން އަންނަނީ ލިޔަމުންނެވެ. ވޯލްޑް ކަޕުގެ ފައިނަލަށް ފަހު ޗެމްޕިއަން ޓީމަށް އޮރިޖިނަލް ޓްރޮފީ ދިން ނަމަވެސް، ފަހުން އެ ޓްރޮފީ އަތުލަ އެވެ. އަދި އެ ގައުމެއްގައި ދައްކާލަން ބަހައްޓަން ފީފާ އިން ދެނީ ނަމޫނާ ޓްރޮފީއެކެވެ.

ދުނިޔޭގެ ހަތް ގައުމަކުން ލިބުނު 53 ޑިޒައިނާ ވާދަކޮށް ގައްޒަނިގާގެ ފަރުމާ ހޮވުނުއިރު މި ޓްރޮފީގެ ހުރިހާ ހައްގެއް އޮންނަ ފީފާ އަށެވެ. އެހެންވެ މި ޓްރޮފީގެ އިމޭޖްސް ރައިޓްސް އިން ގައްޒަނިއްގާ އަށް އެއްވެސް މާލީ ފައިދާއެއް ނުވެ އެވެ. މި ޓްރޮފީގެ އިތުރުން އޭނާ ވަނީ ޔުއެފާ ކަޕާއި ޔޫރަޕިއަން ސުޕަ ކަޕުގެ ޓްރޮފީ ވެސް ފަރުމާކޮށްފަ އެވެ.

މި ޓްރޮފީ އުފުލާލާފައިވާ ކެޕްޓަނުންނަކީ ފްރެންޒް ބެކެންބާ، ޑެނިއަލް ޕަސަރެއްލާ، ޑިނޯ ޒޮފް، ޑިއޭގޯ މަރަޑޯނާ، ލޮތަ މަތެއަސް، ޑުންގާ، ޑިޑިއާ ޑިޝޯމްޕްސް، ކަފޫ، ފަބިއޯ ކަނަވާރޯ، އިކާ ކަސިޔަސް އަދި ފިލިޕް ލާމް އެވެ.