ދިރާގުގެ 587 މިލިއަނުގެ އާމްދަނީން 159 މިލިއަން ފައިދާ
ދިރާގުގެ 587 މިލިއަނުގެ އާމްދަނީން 159 މިލިއަން ފައިދާ

މިއަހަރުގެ ތިން ވަނަ ކުއާޓާގައި ދިރާގަށް އާމްދަނީގެ ގޮތުގައި 586.7 މިލިއަން ރުފިޔާގެ އާމްދަނީއަކާ އެކު 158.6 މިލިއަން ރުފިޔާ ފައިދާވެއްޖެ އެވެ.

އެ ކުންފުނީގެ ތިން ވަނަ ކުއާޓާގެ ރިޕޯޓު ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 685.3 މިލިއަން ރުފިޔާ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އާމްދަނީ މިދިޔަ ކުއާޓާގައި އިތުރުވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި މަޑުޖެހިފައި އޮތުމަށް ފަހު އަލުން ރަނގަޅުވާން ފެށުމުންނެވެ. އަދި މި އަހަރުގެ ދެ ވަނަ ކުއާޓާގައި ނުހިންގި ހުރި ބައެއް މަޝްރޫއުތައް މިދިޔަ ކުއާޓާގައި ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުުންޏެވެ.

މިދިޔަ ކުއާޓާގައި ލިބުނު ފައިދާ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 18 ޕަސެންޓު އިތުރެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓާގެ ސާފު ފައިދާ ވަނީ 21.8 ޕަސެންޓަށް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެކުންފުންޏަށް ސާފުު ފައިދާގެ ގޮތުގައި 203 މިލިއަން ރުފިޔާ ލިބުނެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓާގައި ދިރާގުގެ ހިންގުމުުގެ ހަރަދު ވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިންގުމުގެ ހަރަދު 335.7 މިލިއަން ރުފިޔާގައިި ހުރި އިރު މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ހިންގުމުގެ ހަރަދު ހުރީ 298 މިލިއަން ރުފިޔާގަ އެވެ.