ފެންސްތައް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި
ފެންސްތައް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި

މައްކާގެ ހަރަމްފުޅުގެ ފެންސްތަކެއް ފަޅާލައި ހަރަމްފުޅަށް ވަންނަ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

ފެންސްތައް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި
ފެންސްތައް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި

ސައޫދީ ގަޑިން ހުކުރު ދުވަހުގެ ރޭ 10:30 ހާއިރު ހަރަމްފުޅު ސަރަހައްދަށް ކާރު ވަދެގެން ގޮސް ގޭޓުގައި ޖެހުނު ހާދިސާގައި ހައްޔަރުކޮށްފައިވަނީ ސައޫދީ މީހެކެވެ. މިއީ އޭނާ ގަސްތުގައި ކުރި ކަމެއްކަން ނުވަތަ އެކްސިޑެންޓެއް ކަމެއް އަދި ނޭނގެ އެވެ.

ފެންސްތައް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި
ފެންސްތައް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި

ކާރު ވަދެގެން ދިޔަ މަގުގައި ހުރި ޕްލާސްޓިކް ފެންސްތައް ވަނީ ފަޅާލައިފަ އެވެ. ފެންސްތައް ފަހަނަޅައި ގޮސް ކާރު ޖެހުނީ ހަރަމްފުޅަން ވަންނަން ހުންނަ ބޮޑެތި ގޭޓްތަކުގެ ތެރެއިން ގޭޓް ނަންބަރު 89 ގަ އެވެ. ކާރުން ޖެހުމުން ފެންސްތަކާއި ގޭޓް ހަލާކުވި ނަމަވެސް ހަރަމްފުޅަށް ގޮސް ތިބި މީހަކަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް ސައޫދީ ގެޒެޓުން ރިޕޯޓްކޮށްފައިވެ އެވެ.

ފެންސްތައް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި
ފެންސްތައް ފަޅާލައި ހަރަމްފުޅުގެ ގޭޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި

ކޮވިޑް-19 ފެތުރޭތީ ހަރަމްފުޅު އާންމުންނަށް ބަންދުކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް ކުރިން އޮންނަ ގޮތަށް އެއްފަހަރާ ގިނަ ބަޔަކަށް އެތަނަށް ވަނުމުގެ ހުއްދަ އަދިވެސް ނުދެ އެވެ. ރޭގެ ހާދިސާއާ ގުޅިގެން ހަރަމްފުޅު ބަންދުކުރުން ފަދަ އެއްވެސް ކަމެއް ނުކުރެ އެވެ.

ސައޫދީގެ އޮކާޒް ނޫހުން ބުނީ ހަރަމްފުޅު ތެރެއަށް ވަން ކާރުގެ ޑްރައިވަރު ހައްޔަރުކޮށް ސުވާލުކުރުމަށް މިހާރުވަނީ ޕްރޮސިކިއުޓަރުންނާ ހަވާލުކޮށްފައި ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ކާރު ގޮސް ގޭޓުގައި ޖެހުމާއެކު، އެތަނުގައި ތިބި މިހުން ދުވެފައި ކާރު ކައިރިއަށްދެ އެވެ. އަދި އިރުކޮޅަކުން އެ ކާރު ކޮއްޕާފައި ނެރެގެން ގެންދެ އެވެ.

ސައޫދީން ވަނީ ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި، ސައޫދީން ބޭރުގައި ތިބި މީހުން ހަރަމްފުޅަށް ޒިޔާރަތްކޮށް އުމްރާވުން މަނާކޮށްފައި އޮތް އޮތުން މާދަމާ އިން ފެށިގެން އުވާލާން ވެސް ނިންމައިފަ އެވެ.