ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 24 މީހުން
ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 24 މީހުން

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި، ކޮވިޑް-19އަށް ރާއްޖެއިން 24 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ކޮވިޑަށް އަލަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން 22 މީހަކާއި އެހެން ރަށްރަށުން ދެ މީހެކެވެ. އެއީ ޓެސްޓު ކުރި 1،409 ސާމްޕަލުން ބަލި ޖެހުނު މީހުންގެ އަދަދެވެ.

ރާއްޖޭގައި މިހާތަނަށް 11،591 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ރަނގަޅުވެފައިވާއިރު މިހާރު ބަލިވެ އުޅެނީ 862 މީހުންނެވެ. ހޮސްޕިޓަލުގައި ބާއްވައިގެން 52 މީހަކަށް މިހާރު ފަރުވާ ދެމުން އަންނައިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 277 މީހުން އެބަތިއްބެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލިން 37 މީހަކު ވަނީ މަރުވެފަ އެވެ.

އެޗްޕީއޭ އިން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު 19 ރަށަކާއި 24 ރިސޯޓެއްގައި ތިބި 30 ޓޫރިސްޓުންނާއި 83 ސްޓާފުންނަށް ވަނީ ބަލިޖެހިފަ އެވެ. އެކަމަކު، އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު، މި ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ރާއްޖޭގައި އަންނަނީ މަދުވަމުންނެވެ.