އެމްޑަބްލިއުއެސްސީގެ 20 މުވައްޒަފަކު ބޯފެނާ ގުޅޭ ކޯސް ނިންމައިފިި
އެމްޑަބްލިއުއެސްސީގެ 20 މުވައްޒަފަކު ބޯފެނާ ގުޅޭ ކޯސް ނިންމައިފިި

އެމްޑަބްލިއުއެސްސީގެ 20 މުވައްޒަފަކު "ޑްރިންކިން ވޯޓާ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް" ކޯސް ފުރިހަމަކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގެ 20 މުވައްޒަފަކު ބޯފެނާ ގުޅޭ ކޯސް ނިންމައިފިި
އެމްޑަބްލިއުއެސްސީގެ 20 މުވައްޒަފަކު ބޯފެނާ ގުޅޭ ކޯސް ނިންމައިފިި

އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޯހުގެ ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އެމްޑަބްލިއުއެސްސީ ގުޅިގެން ހިންގި މި ކޯހަކީ ފެނުގެ ނިޒާމުތައް ހިންގާ ބަލަހައްޓަމުން ގެންދާ ޔުޓިލިޓީ ކުންފުނިތަކުގެ ކަމާ ގުޅޭ ދާއިރާތަކުގެ މުވައްޒަފުން މިކަމަށް އިތުރަށް އަހުލުވެރިކޮށް، މި ދާއިރާތަކަށް ބޭނުންވާ ފެންވަރު ރަނގަޅު މުވައްޒަފުން ބިނާކުރުމަށް ޓަކައި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭގޮތަށް ހިންގާ ލެވެލް 3ގެ ކޯހެކެވެ. މި ކޯސް ހިންގާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުން މާޗް 2ގެ ނިޔަލަށް އެމްއައިޓީގަ އެވެ.

އެމްޑަބްލިއުއެސްސީގެ އޮޕަރޭޓަރުންނާއި ލެބޯޓްރީގައި މަސައްކަތް ކުރަމުން އަންނަ ޓެކްނީޝަނުން ވަނީ މި ކޯސް ފުރިހަމަކޮށްފަ އެވެ. މީގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ ފެނުގެ ނިޒާމް ގާއިމްކޮށްފައިވާ ރަށްތަކުގެ ތެރެއިން މާލެ ސަރަހައްދާއި މާފުއްޓާއި ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށިން 20 އޮޕަރޭޓަރުން ހިމެނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ، އެ ކުންފުނީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ވެސް ކޯސްތައް ފުރިހަމަކޮށް ކަމުގެ ތަޖުރިބާ އާއި ތައުލީމު ލިބިފައިވާ ބަޔަކަށް ހެދުން ކަމަށެވެ. އެހެންކަމުން ކޯހުގެ ދެވަނަ ބެޗުގައި އެ ކުންފުނީގެ ގިނަ މުވައްޒަފުން ބައިވެރިކުރުމުގެ އިތުރުން، ކޯހުގެ ސެޓްފިކެޓް ލެވެލް 4ގައި ވެސް މުވައްޒަފުން ބައިވެރި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.