އުރީދޫ ސުޕަނެޓުގެ ހިދުމަތް ހޯރަފުއްޓަށް
އުރީދޫ ސުޕަނެޓުގެ ހިދުމަތް ހޯރަފުއްޓަށް

އުރީދޫ ފިކްސްޑް ބްރޯޑް ބޭންޑް، ސުޕަނެޓްގެ ހިދުމަތް ހއ. ހޯރަފުއްޓަށް ތައާރަފުކޮށްފި އެވެ.

މިއީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ލިބޭ ހިދުމަތެކެވެ. އަދި މި ހިދުމަތް ބޭނުން ކުރާ ކަސްޓަމަަރުންނަށް އެ ކަސްޓަމަރެއްގެ ބޭނުންތަކާ އެއްގޮތަށް ޕެކޭޖުތައް ވެސް ފަރުމާ ކުރެވޭނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ދުވަސްވަރު އިންޓަނެޓަށް ބަރޯސާވެފައިވާ މިންވަރު ކުރިއަށް ވުރެ ބޮޑަށް އިތުރުވެފައިވާތީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިއަހަރު އެކަނި ވެސް މިހާތަނަށް ހަ ރަށަކަށް މި ހިދުމަތް ފޯރުކޮށްދީފައި ވާއިރު ކުރިއަށް އޮތްތާނގައި އިތުރު ރަށްރަށަށް ވެސް މި ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާ އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހޯރަފުށީގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާ އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު މިއަދު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." ނިޔާޒުު ވިދާޅުވި އެވެ.

އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލާއެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ލިބެ އެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.