ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ އޮރޯނާ ލިފްޓް
ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ އޮރޯނާ ލިފްޓް

ޒަމާނީ ފެންވަރުގެ އިމަރާތެއް އަޅާނަމަ އެ ތަނެއްގައި ލިފްޓު ހުރުމަކީ މަޖުބޫރު ކަމެކެވެ. ގިނަ މީހުން އެ އިމާރާތަކުން އެޕާޓްމަންޓެއް ކުއްޔަށް ހިފާނީ ވެސް ފަސޭހައިން އަރައި ފޭބޭނެ ލިފްޓެއް ހުރެގެންނެވެ. ކޮލިޓީ ރަނގަޅު މޮޅު ލިފްޓެއް ގޭގައި ހަރުކޮށްލަން ބޭނުންވާ މީހުންނަށް އޮތް ހައްލަކީ "އޮރޯނާ" ލިފްޓެވެ.

ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ އޮރޯނާ ލިފްޓް
ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ އޮރޯނާ ލިފްޓް

އެސެންސާއިން ރާއްޖެއަށް ތައާރަފު ކުރި މި ބްރޭންޑަކީ ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރާ މަގުބޫލު ބްރޭންޑެކެވެ. ކޮންސްޓްރަކްޝަން ދާއިރާގެ މީހުންގެ މެދުގައި މި ލިފްޓު މަގުބޫލުވީ މިއީ ބޭނުން ސައިޒެއްގެ ލިފްޓު ގޮޅިއަކަށް ކަސްޓަމައިޒް ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ލިފްޓަކަށް ވާތީ އެވެ. އެހެންކަމުން އިމާރާތް ކުރުމުގެ ކުރިން ލިފްޓު ގޮޅިގެ ސައިޒާ މެދު ކަންބޮޑުވާން ނުޖެހޭނެ އެވެ.

ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ އޮރޯނާ ލިފްޓް
ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ އޮރޯނާ ލިފްޓް

ބިލްޑިން ހަދައި ނިމުމަށްފަހު ލިފްޓު ހަރުކޮށްދިނުމަށް އެދުމުން އެ ދާއިރާގެ ތަޖުރިބާކާރުން އިމާރާތް ބަލައި ދިރާސާ ކުރުމަށްފަހު އެ އިމާރާތަކަށް ފެއްތޭ އެންމެ ބޮޑު ޖާގައެއްގެ ލިފްޓެއް ހަރުކޮށްދޭނެ އެވެ. އާންމުގޮތެއްގައި ލިފްޓް ގޮޅި ހެދުމުގައި ޕިޓަށް (އިމާރާތެއްގެ ގްރައުންޑް ފްލޯ ލެވެލްއިން ތިރިއަށް ލިފްޓް ހަރުކުރުމަށްޓަކައި ވެލްގެ ފުންމިން ބަހައްޓަންޖެހޭ ޖާގަ) 1.5 މީޓަރު ނުވަތަ ފަސް ފޫޓުގެ ޖާގައެއް ބޭނުންވެއެވެ. އޮރޯނާ ލިފްޓް ބަހައްޓާ ނަމަ ޕިޓުގައި އެންމެ 2.5 ފޫޓު ހުއްޓަސް ލިފްޓް ހަރުކުރެވޭނެ އެވެ. މީގެ ސަބަބުން ކުދި އިމާރަތްތަށް ކުރުމަށް ހަރަދު ކުރާ ޑީވޯޓަރިން ހަރަދު ކުޑަވެގެން ދެއެވެ.

ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ އޮރޯނާ ލިފްޓް
ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ އޮރޯނާ ލިފްޓް

މީގެ އިތުރުން ލިފްޓްގެ ހެޑް ރޫމަށް އާންމުކޮށް އެހެން ބްރޭންޑްތަކުގެ ލިފްޓް ހަރުކުރާ ނަމަ ހަ މީޓަރުގެ އުސްމިން ބޭނުންވި ނަމަވެސް އޮރޯނާ ބްރޭންޑްގެ ލިފްޓް ތިން މީޓަރުގެ ޖާގައެއްގައި ވެސް ބެހެއްޓޭނެ އެވެ.

އޮރޯނާ ލިފްޓަކީ ތިމާވެއްޓާ ރައްޓެހި "އައިއެސްއޯ 14006 އީކޯ ޑިޒައިން" ދުނިޔޭގައި އެންމެ ފުރަތަމަ ސެޓްފިކެޓް ލިބިފައިވާ މޮޅު ބްރޭންޑެކެވެ. އަދި އެންމެ މޮޅު ލިފްޓުތަކަށް ލިބޭ ޓްރިޕަލް އޭ ސެޓްފިކެޓް ވެސް އޮރޯނާއަށް ވަނީ ލިބިފަ އެވެ. މި ލިފްޓަކީ ތިމާވެއްޓާ ރައްޓެހިވުމުގެ އިތުރުން ކަރަންޓުގެ ހަރަދު ވެސް ކުޑަ ކޮށްދޭ ލިފްޓެކެވެ. އެގޮތުން އެވްރެޖުކޮށް ލިފްޓަކުން ހަރަދުވާ ކަރަންޓުގެ ގާތްގަނޑަކަށް 40 ޕަސެންޓު އޮރޯނާ ލިފްޓުން ސަލާމަތް ކޮށްދެ އެވެ. މިއީ އިމާރާތުގެ ވެރިމީހާ އަށް ވަރަށް ބޮޑު ލުޔެކެވެ.

ލިފްޓު ހަރުކުރުމުގެ ކުރިން ލިފްޓުގެ އެތެރެ ފަރުމާ ކުރާނެ ގޮތް ބަލާލަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް މިހާރު އެސެންސާއިން ލިބޭނެ އެވެ. މާލެ އާއި ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ސާވިސް ސެންޓަރަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާ ގޮތް ކޮންމެ މީހަކަށް ވެސް އަމިއްލައަށް ބަލައިލެވޭނެ އެވެ. މިއީ ރާއްޖޭގައި މިގޮތަށް ގާއިމްކޮށްފައިވާ ފުރަތަމަ ވޯކިން ސާވިސް ސެންޓަރެވެ. މި ސެންޓަރުން ލިފްޓަށް ބޭނުންވާ ސްޕެއާ ޕާޓުތައް ވެސް ހުސްނުވެ ލިބެން ހުންނާނެ އެވެ.

ގިނަ ފަހަރަށް ލިފްޓެއް ބަހައްޓާއިރު އޭގައި މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ސްޕެއާ ޕާޓުތައް ރާއްޖެއިން ލިބެން ހުންނާނެކަން ވެސް ކަށަވަރު ކުރަން ޖެހެ އެވެ. ބޭރުން ސްޕެއާ ޕާޓުތައް ގެންނަން ޖެހިއްޖެ ނަމަ ލިފްޓު ބޭނުން ނުކުރެވި އެތައް ދުވަހެއް ނަގާނެ އެވެ. ނަމަވެސް އޮރޯނާ ލިފްޓު ބޭނުން ކުރާ ކަސްޓަމަރުންނަށް ވަގުތުން ސްޕެއާ ޕާޓްތައް ލިބޭނެ އެވެ. އޮރޯނާގެ ހުރިހާ ލިފްޓެއް ވެސް ތައްޔާރުކޮށްފައި ވަނީ އެއް ލިފްޓުގެ ސްޕެއާ ޕާޓުތައް އަނެއް ލިފްޓުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ. އެހެންކަމުން މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ސްޕެއާ ޕާޓުތައް ބޭނުން ވަގުތަކު ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމުގެ ޔަގީން ކަން އެސެންސާއިން ދެ އެވެ.

ރާއްޖެއަށް އޮރޯނާ ލިފްޓު ތައާރަފު ކުރިތާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ ގިނަ އަދަދެއްގެ ބިލްޑިންތަކުގައި ވަނީ މި ބްރޭންޑުގެ ލިފްޓުތައް ހަރުކޮށްފައެވެ. ހުރިހާ ބިލްޑިންތަކުގެ ވެރިންގެ ފަރާތުން ވެސް އަޑު އިވެނީ އެއް ވާހަކައެކެވެ. ލިފްޓުގެ އޮޕަރޭޓް ކުރުމުގެ ޚަރަދު ކުޑަކަމާއި ސާވިސްގެ ރަނގަޅު ވާހަކަ އެވެ. އެގޮތުން، އޮރޯނާ ލިފްޓް ބެހެއްޓި ކަސްޓަމަރެއް ކަމަށްވާ ޒަރީރު ބުނިގޮތުގައި އެ ލިފްޓުތަކަކީ އިތުބާރު ކުރެވޭ މޮޅު ލިފްޓަކަށް ވެފައި ސާވިސް ޓީމަކީ ވެސް އިތުބާރު ކުރެވޭ ޓީމެއް ކަމަށެވެ.

"އޮރޯނާ އަކީ ވަރަށް ބަރާބަރު ޓީމެއް. އެންމެ ފުރަތަމަ އެ ބްރޭންޑުގެ ލިފްޓެއް ބެހެއްޓި މީހެއް އަޅުގަނޑަކީ. ސާވިސްގަ ހަމަ އެއްވަނަ. ހުޅުމާލޭގައި ވިޔަސް ގުޅާލުމުން ވަރަށް އަވަހަށް އެޓެންޑުވޭ،" ޒަރީރު ބުންޏެވެ.

އޮރޯނާ ލިފްޓުތައް ބަހައްޓާފައި ހުރި ބައެއް ބިލްޑިންތަކުގައި ދިރިއުޅޭ މީހުންނަށް ވެސް މި ލިފްޓުތަކަކީ އެހެން ލިފްޓުތަކާ ހިލާފަށް ފަސޭހަ ލިފްޓެކެވެ. އަދި މި ލިފްޓުތަކުގެ އިންޓީރިއާ ރީތިވެފައި ޖާގަ ބޮޑުކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

"އަޅުގަނޑުމެން ކުރިން އުޅުނު ގޭގައި ހުރިވަރުގެ ލިފްޓު ގޮޅިއެއް މިހާރު މިތިބި ގޭގައި ވެސް ހުންނަނީ. އެކަމަކު ލިފްޓު ވަރަށް ފުރިހަމަ. އެތެރެ ރީތިވެފައި އެހާމެ ހިތްގައިމު،" "މިހާރު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އޮރޯނައަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ 100އަށްވުރެ ގިނަ ގައުމެއްގެ އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ބްރޭންޑެކެވެ. އެގޮތުން، ސްޕެއިންގެ އެންމެ މަގުބޫލު ބްރޭންޑަށް އޮރޯނާ ވެފައިވާއިރު ޔޫރަޕުގެ އެންމެ މަގުބޫލު ފަސް ބްރޭންޑުގެ ތެރޭގައި ވެސް އޮރޯނާ ހިމެނެ އެވެ. އޮރޯނާ ބްރޭންޑްގެ ލިފްޓެއް ބައްޓައިފި ނަމަ އެއް އަހަރު ވަންދެން މެއިންޓަނަންސް ހިދުމަތް ހިލޭ ލިބޭނެ އެވެ. ހިދުމަތް ހޯދަން ބޭނުން ނަމަ 7796060 ނުވަތަ 3016060 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.