ލަންކާގެ ހޮސްޕިޓަލަކުން ފިލި ކޮވިޑުގެ ބަލި މީހާ ހޯދައިފި
ލަންކާގެ ހޮސްޕިޓަލަކުން ފިލި ކޮވިޑުގެ ބަލި މީހާ ހޯދައިފި

ކޮލަމްބޯ (އޮކްޓޯބަރު 23) - ކޮވިޑް-19 ޖެހިގެން ފަރުވާ ދިނުމަށް ކޮސްގަމާ ހޮސްޕިޓަލުގައި ބުރާސްފަތި ދުވަހުގެ ރޭ އެޑްމިޓްކުރި 26 އަހަރުގެ ޒުވާނަކު ހުކުރު ދުވަހު އެނދުނު ހޮސްޕިޓަލުން ފިލާފައި ވަނިކޮށް ބޮރެއްލާ އޭރިއާ އިން މިއަދު ހޯދައިފި އެވެ.

ފުލުހުންގެ ތަރުޖަމާން އަޖިތު ރޮހާނާ ވިދާޅުވީ އޭނާ ހޯދާފައި ވަނީ އިމާރާތެއްގެ 13 ވަނަ ބުރީގައި އުޅެނިކޮށް ކަމަށެވެ. އެ މީހާ ފިލާފައި ވަނީ ހުކުރު ދުވަހު ހެނދުނު 6 ޖެހިއިރު އެވެ.

ފުލުހުންގެ މީޑިއާ ތަރުޖަމާން ވިދާޅުވީ އެ މީހާ ބަލިން ރަނގަޅުވުމުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ލަންކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން މި ދުވަސްވަރު އިތުރުވެ މިއަދު އެކަނިވެސް ވަނީ 609 މީހުން ޕޮޒިޓިވްވެފަ އެވެ. އިއްޔެ ވަނީ 309 މީހުން ޕޮޒިޓިވްވެފަ އެވެ.

ލަންކާ އިން ޕޮޒިޓިވްވާ މީހުން އިތުރުވާން ފެށުމުން ކޮލަމްބޯ ވެސް ހިމެނޭ ވެސްޓަން ޕްރޮވިންސްގެ ބައެއް ޑިސްޓްރިކްޓްތަކުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ބެރުވަލާ، ޕަޔަގަލާ އަދި އަލުތުގަމާ ހިމެނެ އެވެ.