ޓްރަމްޕް-ބައިޑަންގެ ބަހުސް: ކުރި ހޯދީ ކޮން ފަރާތެއް؟
ޓްރަމްޕް-ބައިޑަންގެ ބަހުސް: ކުރި ހޯދީ ކޮން ފަރާތެއް؟

ވޮޝިންޓަން (އޮކްޓޯބަރު 23) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަން ރޭ ބޭއްވި އެންމެ ފަހު ޓީވީ ބަހުސްގައި އެއްވެސް ބޭފުޅަކު ކާމިޔާބު ހޯއްދަވާފައިވާ ނަމަ އެ ފަރާތަކީ ބަހުސްގެ މޮޑަރޭޓަރު ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނެފި އެވެ.

ޓްރަމްޕް-ބައިޑަންގެ ބަހުސް: ކުރި ހޯދީ ކޮން ފަރާތެއް؟
ޓްރަމްޕް-ބައިޑަންގެ ބަހުސް: ކުރި ހޯދީ ކޮން ފަރާތެއް؟

ކްރިސްޓަން ވެލްކާ ބަހުސްގެ މޮޑަރޭޓަރެއްގެ ގޮތުގައި އަމަލުކުރި ގޮތުން އެތައް ބައެއްގެ ތައުރީފް އޭނާ އަށް ވަނީ ލިބިފަ އެވެ. ބަހުސްގެ ނިޒާމް ގެއްލިގެން ދިޔަ ނުދިނުމަށް އޭނާގެ ހުޝިޔާރުކަން އޮންލައިން ޕްލެޓްފޯމްތަކުގައި އެތައް ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

އުމުރުން 44 އަހަރުގެ ވެލްކާ އުޅެ ބޮޑުވީ ޕެންސިލްވޭނިއާގެ ފިލެޑެލްފިއާގަ އެވެ. ހާވަޑް ޔުނިވާސިޓީން ގްރެޖުއޭޓްވީ 1998 ވަނަ އަހަރު އެވެ. އެންބީސީގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީ 2011 ގަ އެވެ. އޭގެ ފަހުން އެންބީސީގެ ޝޯތައް ހުށަހަޅުއްވަން ފެއްޓެވި އެވެ.

އެންބީސީގެ ނޫސްވެރިއާ އަށް ތާއީދުކޮށް 125،000 އަށް ވުރެ ގިނަ ޓްވީޓްކޮށްފައިވެ އެވެ. އޭނާ އަކީ ރިޔާސީ ބަހުސެއް އެކަނި މޮޑަރޭޓްކުރި ކަޅު ނަސްލަށް ނިސްބަތްވާ ދެ ވަނަ އަންހެނާ އެވެ. ރިޔާސީ ބަހުސެއް މޮޑަރޭޓްކުރި ފުރަތަމަ ކަޅު ނަސްލުގެ އަންހެނެއްގެ ޝަރަފް ހޯދާފައި ވަނީ މީގެ 28 އަހަރު ކުރިން، އޭބީސީ ނިއުސްގެ ނޫސްވެރިޔާ ކެރޯލް ސިމްޕްސަން އެވެ. ބިލް ކްލިންޓަނާއި ޖޯޖް ބުޝްގެ ބަހުސް 1992 ވަނަ އަހަރު ސިމްޕްސަން މޮޑަރޭޓް ކުރެއްވި އިރު ވެލްކާ އަކީ ސްކޫލް ދަރިވަރެކެވެ.

ޓްރަމްޕާއި ބައިޑަން ކުރިން ބޭއްވެވި ބަހުސް މޮޑަރޭޓްކުރި ގޮތުން ފޮކްސް ނިއުސްގެ ނޫސްވެރިޔާ ކްރިސް ވެލަސް އަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. މައިކް ޕެންސާއި ކަމަލާ ހެރިސްގެ ނައިބް ރައީސުންގެ ބަހުސްގެ މޮޑަރޭޓަރު ސުސާން ޕޭޖަށް ވެސް ފާޑުކިޔާފައިވެ އެވެ.

އެ ދެ ބަހުސްގެ އަލީގައި ވެލްކާ ވަނީ ކެންޑިޑޭޓުންގެ ވާހަކަތައް ކޮންޓްރޯލްކޮށްފަ އެވެ. ވެލްކާގެ މަސައްކަތަށް ވަނީ އޭނާއާ އެކުގައި މަސައްކަތްކުރާ ނޫސްވެރިން ވެސް ތައުރީފްކޮށްފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި ބަހުސްގެ ހަގީގީ ކާމިޔާބު ހޯދި ފަރާތަކީ ވެލްކާ އެވެ.

ވެލްކާ މޮޑަރޭޓަރު ކުރައްވައިފި ނަމަ އިންސާފުވެރި ނުވާނެ ކަމަށް ބަހުސްގެ ކުރިން ވިދާޅުވި ޓްރަމްޕް ވެސް ފަހުން ވަނީ އޭނާ އަށް ތައުރީފްކުރައްވައިފަ އެވެ.