23 އޮކްޓޯބަރ 2020 - 12:14

އައިޖީއެމްއެޗާ ދިމާލު މޫދު އަޑީގައި މަރުވެފައި އޮތް ދިވެހި ފިރިހެނެއްގެ ހަށިގަނޑު މިއަދު ހެނދުނު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެއީ އުމުރުން 31 އަހަރުގެ ޒުވާނެއް ކަމަށެވެ.
އެ ސަރަހައްދު މޫދުން މީހެއްގެ ހަށިގަނޑު ފެނުނުކަމުގެ މައުލޫމާތު ލިބުނީ، ފުލުހުން ބުނާ ގޮތުގައި، 10:40ހާ އިރު އެވެ. އޭނާގެ ހަށިގަނޑު މޫދު އަޑިން ފެނުނީ އެ ސަރަހައްދަށް ފީނަން ގޮސް އުޅުނު ބަޔަކަށް ކަމަށްވެ އެވެ. މިހާރު އެ ހަށިގަނޑު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗުން ބުނީ އޭނާ މަރުވަން ދިމާވީ ކީއްވެގެންކަން ޔަގީންނުވާ ކަމަށެވެ.