ވެރިރަށް މާލެ، ކަރަންޓު ނެތި ތިން ގަޑިއިރު
ވެރިރަށް މާލެ، ކަރަންޓު ނެތި ތިން ގަޑިއިރު

ސްޓެލްކޯ އިން މީގެ އިރުކޮޅެއް ކުރިން ބުނީ، ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށް މާލޭގެ ބޮޑު ބަޔަކަށް ކަރަންޓު އަލުން ދޭން ފަށާފައިވާ ކަމަށް. އެ ކުންފުނިން އުންމީދު ކުރަނީ ކުރިއަށް އޮތް ބައިގަޑިއެއްހާއިރުގެ ތެރޭގައި ހުރިހާ ސަރަހައްދުތަކަށް ވެސް ކަރަންޓު ދޭން ފެށުން.

މާލެ އިން ކަރަންޓު ކެނޑި، އެތައް ގަޑިއިރެއް ވުމުން ގިނަ ބަޔަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި. މިއީ ހުކުރު ދުވަސް ކަމަށް ވުމާއެކު، މެންދުރަށް ކެއްކުމާއި ހުކުރު ނަމާދަށް ދާން ބޭނުންވާ މީހުންނަށް ވެސް މި މައްސަލައިގައި އުނދަގޫތަކަކާ ކުރިމަތިވެފައި. ބައެއް ގޭގެ އިން ކަރަންޓު ދިއުމުން ސަޕްލައި ފެން ވެސް ކެނޑޭ ގޮތަށް ވަޔަރިން އަޅާފައިވާއިރު، ހުކުރު ނަމާދަށް ތައްޔާރުވުމުގައި ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުން.

ސްޓެލްކޯ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، މާލޭގެ 80 ޕަސެންޓަށް ކަރަންޓު އަލުން ފޯރުކޮށްދީފައި ވަނިކޮށް، ޑިސްޓްރިބިއުޝަން ނެޓްވޯކަކަށް ދިމާވި ކަމަކާ ގުޅިގެން އަނެއްކާ ވެސް ކަރަންޓު ކެނޑުނީ ކަމަށް. އެކަން ވެސް ހައްލުކޮށް ކަރަންޓު ދެމުން އަންނަ ކަމަށް ބުނި.

މާލެ އިން ކަރަންޓު ކެނޑުނުތާ ތިން ގަޑިއިރަށް ވުރެ އިތުރުވި އިރު އަދިވެސް މައްސަލަ ހައްލެއް ނުވޭ. ސްޓެލްކޯ އިން ފުރަތަމަ ބުރި ގަޑި ފާއިތުވި އިރު ވެސް މުޅި މާލެ އަށް ކަރަންޓު އަލުން ފޯރުކޮށެއް ނުދެވޭ. އެ ކުންފުނިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދޭން އަދިވެސް ގަޑިއެއްހާއިރު ވާނެ ކަމަށް.

މުޅި މާލެ އިން ކަރަންޓުގެ ހިދުމަތް މިއަދު ކެނޑިއްޖެ އެވެ.

ހެނދުނު 8:30 ހާއިރުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ލަފާ ކުރީ އެއްގަޑި އިރު ތެރޭގައި މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. ނަމަވެސް އިތުރު ވަގުތު ނަގަމުންދާ ކަމަށާއި މިހާރު ވެސް މާލޭގެ ގާތްގަނޑަކަށް 39 ޕަސަންޓު ސަރަހައްދުތަކަށް ކަރަންޓު ލިބޭޏެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މާލެ އިން ކަރަންޓު ދިޔަ ނަމަވެސް ހުޅުމާލެ އަދި ވިލިމާލެއިން ކަރަންޓެއް ނުދެ އެވެ.