ކޮވިޑް-19 އަށް 42 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19 އަށް 42 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް 42 މީހަކު ރާއްޖެއިން މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވިި މީހުންގެ ތެރެއިން 27 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން 37 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެހެންވެ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 11،358 އަށް އަރައިފަ އެވެ. އެކަމަކު 10،383 މީހުން އެ ބަލިން ރަނގަޅުން ވެފައިވާތީ މިހާރު ފަރުވާ ދެމުން ދަނީ 938 މީހުންނަށެވެ. އޭގެ ތެރެއިން 340 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް މަރުވީ 37 މީހެކެވެ.