ދިރާގު ޓީވީގެ ހިދުމަތް މުއްޔަށް
ދިރާގު ޓީވީގެ ހިދުމަތް މުއްޔަށް

ދިރާގުގެ ޑިޖިޓަލް ހިދުމަތް މ. މުއްޔަށް ތައާރަފު ކޮށްފި އެވެ.

ދިރާގު ޓީވީގެ ހިދުމަތަކީ އެޗްޑީ ކޮލިޓީގައި ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ޓީވީ އެވެ. މިި ހިދުމަތް މެދުވެރިކޮށް ދިވެހިންގެ މެދުގައި މަގުބޫލު 100އަށް ވުރެ ގިނަ ޗެނަލާއި ވީޑިއޯ އޮން ޑިމާންޑުގެ ކޮންޓެންޓުތައް ލިބެން ހުންނާނެ އެވެ.

އެ ކުންފުނީގެ ސީނިއާ މެނޭޖަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރާނީ ވީހާ ވެސް ގިނ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ދީ، މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ބެލުމުުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ޗެނަލްތައް އިތުރުކޮށް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުން އަންނަނީ މި އަހަރުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ. މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް 450ރ. އަށް ބަލައިލެވޭނެ އެވެ.

ދިރާގުން ވަނީ ކޮންޓެންޓާއި ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ 73 ޕަސެންޓް ގޭބިސީ އަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ދިރާގު ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނުލިބޭ ރަށްރަށް ވެސް ހިމެނެ އެވެ.

މި ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ވެބްސައިޓު https://bit.ly/3kr98LW މެދުވެރިކޮށް އެ ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.