މަރުވެފައި އޮއްވާ ފެނުނު ފަތުރުވެރިޔާގެ ހަށިގަނޑު މާލެ ގެނެސް، މޯޗަރީ އަށް
މަރުވެފައި އޮއްވާ ފެނުނު ފަތުރުވެރިޔާގެ ހަށިގަނޑު މާލެ ގެނެސް، މޯޗަރީ އަށް

އއ. އަތޮޅުގައި އޮންނަ ހަލަވެލި ރިސޯޓްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ރޭ ފެނުނު ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު މާލެ ގެނެސް، މޯޗަރީ އަށް ލައިފި އެވެ.

ހަލަވެލި ރިސޯޓްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ރޭ ފެނުނު ފަތުރުވެރިޔަކީ ކޮން ގައުމެއްގެ މީހެއްކަން އަދި ސާފެއް ނުވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސް، މޯޗަރީ އަށް ލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ޓީމެއް މިއަދު ހަލަވެލި ރިސޯޓަށް ދާނެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ ކޮންމެވެސް ވަރަކަށް ކުނިވެފައި ކަމަށް ވަނީ އެނގިފަ އެވެ.