ޓްރީޓޮޕުން ޕީސީއާރު ޓެސްޓުގެ އަގު ހެޔޮކޮށްފި، ނަތީޖާ 12 ގަޑިއިރު ތެރޭގައިި ލިބޭނެ
ޓްރީޓޮޕުން ޕީސީއާރު ޓެސްޓުގެ އަގު ހެޔޮކޮށްފި، ނަތީޖާ 12 ގަޑިއިރު ތެރޭގައިި ލިބޭނެ

ޓްރީ ޓޮޕް ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް ޕީސީއާރު ޓެސްޓު ކުރެވޭ އަދަދު އިތުރުކޮށް، ޓެސްޓުތަކުގެ އަގު ހެޔޮކޮށްފި އެވެ.

މި ބަދަލާއެކު، ކޮވިޑު ޓެސްޓުގެ ނަތީޖާ 12 ގަޑިއިރުގެ ތެރޭގައ ލިބޭނެ ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ. މި ބަދަލު ގެނައީ މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން، ޓެސްޓު ކުރުން އިތުރު ކުރަން ޖެހިފައިވާތީ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

- ދިވެހިންނަށް: 1,149ރ.

- ވޯކް ޕާމިޓް ބިދޭސީން: 1,149ރ.

- ޓޫރިސްޓުން: 1,199ރ.

މީގެ ކުރިން ދިވެހިންނަށް މި ޓެސްޓު ހަދައިދިނީ 1,399 ރުފިޔާ އަށެވެ. އަދި ވޯކް ޕާމިޓާއެކު އަންނަ ބިދޭސީންނަށް 1,399 ރުފިޔާ އަށް ޓެސްޓު ހެދޭއިރު ޓޫރިސްޓުންނަށް ޓެސްޓުގެ އަގަކީ 1,499 ރުފިޔާ އަށެވެ. އާ އަގުތަކަށް ޓްރީ ޓޮޕުން އަމަލުން ކުރަން ފެށީ އިއްޔެ އެވެ.

ޓްރީ ޓޮޕުން ޕީސީއާރު ޓެސްޓުގެ ނަތީޖާ ކުރިއަށް ވުރެ އަވަހަށް ލިބޭ ގޮތް ހަދައިދީފައިވާއިރު، އެއްވެސް ޒަރޫރީ ބޭނުމަކަށް ނަތީޖާ އެ އަށް ވުރެ އަވަސް ކުރަން ބޭނުން ނަމަ ޕްރިމިއަމްގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ޕީސީއާރު ޓެސްޓު ހައްދަން ބޭނުންވާ މީހުންނަށް އެ ހޮސްޕިޓަލުގެ ހޮޓްލައިން 3351610 އަށް ގުޅައިގެން ނުވަތަ ވެބްސައިޓު[email protected]މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެ އެވެ. ޓްރީ ޓޮޕުން ޕީސީއާރު ޓެސްޓު ހެދުމުގެ ފުރުސަތު އިން-ޕޭޝަންޓުންނާއި އައުޓް ޕޭޝަންޓުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.