އަރަބި އެމެބްސެޑަރުންނާ ޝާހިދު ބައްދަލުކުރައްވައިފި
އަރަބި އެމެބްސެޑަރުންނާ ޝާހިދު ބައްދަލުކުރައްވައިފި

އަރަބި ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނޮން-ރެސިޑެންޓް ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

އަރަބި އެމެބްސެޑަރުންނާ ޝާހިދު ބައްދަލުކުރައްވައިފި
އަރަބި އެމެބްސެޑަރުންނާ ޝާހިދު ބައްދަލުކުރައްވައިފި

ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ އުރުދުން، ކުވައިތު، ފަލަސްތީނާއި ޔަމަނާއި އޮމާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭ މައުލޫމާރު ސަފީރުންނާ ހިއްސާކުރައްވާއި އެ ގައުމުގެ ހާލަތު އޮޅުން ފިލުއްވާފައިވާ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރަށް އެ ގައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމާއި ބައިނަލްއަގުވާމީ މުޖުތަމައުގައި އެ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމަކީ ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް މިނިސްޓަރު ޝާހިދުގެ އިސްނެންގެވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. އެގޮތުން މިއީ މި މަސައްކަތުގެ ތެރެއިން ބާއްވާފައިވާ ދެވަނަ ބައްދަލުވުމެވެ. މިދިޔަ ހަފްތާގައި ޝާހިދު ވަނީ އާސިއާންގެ ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.