"ސްޓާ ޓްރެކް ބިޔޯންޑް" ގެ ވިލަންއަކީ އިދްރީސް އެލްބާ
"ސްޓާ ޓްރެކް ބިޔޯންޑް" ގެ ވިލަންއަކީ އިދްރީސް އެލްބާ

ތިއީ ސްޓާ ޓްރެކް ފިލްމަތަކުގެ ފޭނެއް ހެއްޔެވެ؟ އަދި އެކްޓަރު އިދްރީސް އެލްބާގެ އެކްޓިން އަށް ލޯބިކުރާ ފޭނެއް ހެއްޔެވެ؟ އެހެންވެެއްޖެ ނަމަ ކުރިއަށް އޮތް ސްޓާ ޓްރެކް ފިލްމް ހާއްސަ ވާނެ އެވެ.

"ސްޓާ ޓްރެކް ބިޔޯންޑް" ގެ ވިލަންއަކީ އިދްރީސް އެލްބާ
"ސްޓާ ޓްރެކް ބިޔޯންޑް" ގެ ވިލަންއަކީ އިދްރީސް އެލްބާ

ޖޭޖޭ އަބްރަމްސް ގެނެސް ދިން ސްޓާ ޓްރެކްގެ ފިލްމުތަކާއި އެ ސީރީޒްގެ ކުރިއަށް އޮތް ފިލްމް "ސްޓާ ޓްރެކް ބިޔޯންޑް" ވަރަށް ތަފާތު ވާނެ ކަމަށާއި ފިލްމުގެ އެންމެ ހާއްސަ އެއް ކެރެކްޓާއަކީ އިދްރީސް އެލްބާ ކުޅޭ ވިލަންގެ ރޯލް ކަމަަށް ޑައިރެކްޓަރު ޖަސްޓިން ލިން ބުންޏެވެ.

ޓައިވާނަށް އުފަން އެމެރިކާގެ ޑައިރެކްޓަރު ބުނީ އިދްރީސް ކުޅޭ ކެރެކްޓާ ނުލައި މި ފަހަރު ފިލްމް ފުރިހަމަ ވެސް ނުވާނެ ކަމަށެވެ.

އެހެންވެ އޭނާ ފެނިގެންދާ ވިލަންގެ ރޯލަކީ ފިލްމަށް ވަރަށް ހާއްސަ، ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށް ޖަސްޓިން ބުންޏެވެ. އިދްރީސްގެ ކެރެކްޓާގެ ނަމަކީ ކްރޯލް އެވެ. އޭނާ ފިލްމުން ފެނިގެން ދާނީ ވެސް ވަރަށް ތަފާތު ގޮތަކަށެވެ.

"އިދްރީސަކީ ވަަރަށް މޮޅު އެކްޓަރެއް. އަހަރެން ބޭނުންވި ކެރެކްޓާ ވުޖޫދަށް ގެންނަން އޭނާ އެބަ ހުރި ވަރަށް މަސައްކަތްކޮށްފައި. އެހެންވީމާ ބެލުންތެރިންނަށް ވެސް އޭނާގެ ރޯލް ވަރަށް ކަމުދާނެ ކަމަށް އަހަރެން ގަބޫލް ކުރަނީ،" ފާސްޓް އެންޑް ފިއުރިއަސްގެ ބައެއް ފިލްމްތައް ޑައިރެކްޓް ކުރި ޖަސްޓިން ބުންޏެވެ.

"ސްޓާ ޓްރެކް ބިޔޯންޑް" ގައި އޭގެ ކުރީ ފިލްމުތަކުން ފެނިފައިވާ ތަރިން ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ސައިނަމް ޕެގް، ކްރިސް ޕައިން، ޒޯ ސަލްދަނާ އަދި ޒަޗަރީ ކްއިންޓޯ ހިމެނެ އެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 22 ގަ އެވެ.

ސްޓާ ޓްރެކްގެ ފިލްމެއް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައީ 2013 ގަ އެވެ. އެއީ "ސްޓާ ޓްރެކް އިންޓް ޑާކްނެސް" އެވެ.